ކޮރިއޯގްރާފާރ ވައިބަވީ ޑައިރެކްޓަރުގެ ގޮޑިއަށް

ކޮރިއޯގްރާފާރ ވައިބަވީ ޑައިރެކްޓަރުގެ ގޮޑިއަށް

Author
ފާތިމަތު ނާވީ
02 މެއި 2023 05:57
0

ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފާރ ވައިބާވީ މާޗަންޓް ފިލްމް އެއް ޑައިރެކްޓް ކުރަން އުޅޭ ކަމަށް ހަބަރުތަށް ބުނެފިއެވެ.

ގިނަ ފިލްމް ތަކަކަށް ކޮރިއަގްރާފް ކޮށްދިފައިފާ އުމުރުން 47 އަހަރުގެ ނެށުންތެރިއާ ޑައިރެކްޓަރެއްގެ ގޮތުގައި ނުކުންނަނީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ހަދާ ފިލްމަކުން ކަމަށް ހަބަރުތަށް ބުނެއެވެ.

އަދި ހަމަ އެއާއި އެކުގައި އެ ފިލްމް ގެ ލީޑުން ފެނިގެންދާނީ އެ ފިލްް ކުންފުނީގެ ވެރިއާ އަދިއްތިޔާ ޗޯޕްރާގެ އަންހެނުން މަޝްހޫރު ބަތަލާ ރާނީ މުކަރުޖީ ކަމަށް ވެއެވެ.

މި ފިލްމް އަކީ ވަރަށް ކުޑަ ބަޖެޓަކުން ހެދުމަސް ތައްޔާރު ވަމުން އަންނަ ފިލްމް އެކެވެ. ފިލްމް ޑައިރެކްޓް ވައިބަވީ ކުރާ އިރުގައި މިހާރު ރާނީ ފިލްމް އަށް ވަނީ އާނ ބަސް ދީފައި ކަމަށްވެއެވެ. ރާނީ އާއި ވައިބަވީ އާކީ ވަރަށް ގާތް ދެރަހުމަތް ތެރިންނެވެ.

ވައިއާރްއެފްގެ ވަރަށް ގިނަ ފިލްމުތަކެއްގެ ލަވަތަކުގެ ނެށުން ވައިބާވީ ތައްޔާރުކޮށް ދީފައިވެ އެވެ. އެގޮތުން މި ފަހުން ނެރުން "ޕަތާން" ގެ "ބޭޝަރަމް ރަންގު" ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.