"ދޫމް" ގެނަމުގައި ގެނެސްދެމުން އަންނަ ކާމިޔާޞު ފްރެންޗައިޒްގެ 4 ވަނަ ފިލްމް ކަމުގައިވާ "ދޫމް 4″ އިން ވެސް އެސީރިޒްގެ ފިލްމް ތަކުން ފެނިގެންދިއަ އެކްޓަރު ޖޯން އަބްރަހަމް ފެނިގެންދާނެ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
ހަބަރުތަށް ބުނާގޮތުގައި މި ފިލްމްގެ ވިލަން ނުވަތަ ނެގެޓިވް ރޯލަކުން ޖޯން ފެނިގެންދާނެއެވެ. ޖޯން އަކީ މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމް "ދޫމް"ގައިވެސް ވިލަންގެ ރޯލުން ފެނިގެންދިއެކްޓަރެވެ.
2004 ވަނަ އަހަރު ގެެނެސްދިން ދޫމްގެ ފުރަތަމަ ފިލްމް "ދޫމް" އިން ފެނިގެންދިއައީ ޖޯންގެ އިތުރުން ރިތިކް ރޯޝަން، އަބިޝޭކް ބަަޗަން، އުދޭ ޗޯޕްރާ، އީޝާ ޑިއޯލް އަދި ރިމީ ސެންއެވެ.
އޭގެ ފަހުން ގެެނެސްދިން ދޫމް ގެ ދެވަނަ ފިލްމް "ދޫމް 2″ އިން ފެނިގެންދިއައީ ރިތިކް ރޯޝަން އާއި އެކުގައި އޭގެ ފުރަތަމ ފިލްމް އިން ފެނިގެންދިއަ އުދޭ ޗޯޕްރާ އަދި އަބިޝޭކް ބަޗަން އާއި އޭނާގެ އަންހެނުން އައިޝްވާރްޔާ ރާއިއެވެ. 2006 ވަނަ އަހަރު ގެނެސްދިން މިފިލްްމް ގައި ޖޯންގެ ލޯބިވެރިޔާ ބިޕާޝާ ބާސޫ އާއި ރިމި ސެންއެވެ.
ދެން ދޫމްގެ ފިލްމް އެއް ގެނެސްދީފައިވަނީ 2013 ވަނަ އަހަރުގައިއެވެ. އެއަހަރުގެ ފިލްމް އިން ފެނިގެން ދިއައީ ސަޕްސްޓާރު އާމިރު ހާން އާއި ކެޓްރީނާ ކައިފް ގެ އިތުރުން އަބިޝޭކް ބަޗަން އަދި އުދޭ ޗޯޕްރާ ގެ އިތުރުން ޗެކީ ޝްރޮފްއެވެ.
"ދޫމް" ފްރެންޗައިޒްގައި ކޮންމެ ފަހަރަކު ވިލަން އާއި ބަތަލާއިން ބަދަލުވި ނަމަވެސް މީގެ ކާސްޓްގައި އަބަދު ވެސް އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ ހިމެނެ އެވެ. މީ ވަރަށް ކާމިޔާޞު ފިލްމް ތަކެކެވެ.
ކޮމެންޓު ފޮނުވާ