"ދަ ކަޕިލް ޝަރުމާ ޝޮވ" އަކީ އިންޑިއާގެ އެންމެ ގިނަ ބަޔަކު ބަލާ އެއްޝޯއެވެ. ކޮމޭޑިއަން ކަޕިލް ހުށައަޅައިދޭ މި ޝޯވ އަކީ ގިން ބަޔަކަށް ވަރަށް ކަމުދާ ޝޯވއެކެވެ.
ޝޯ ބެލުމަށް ބެލުންތެރިން ކެއް މަދުވެފައި ތިބޭ އިރުގައި މީ ފިލްމް ތަށް ޕްރޮމޯޓް ކުރުމަށް ވެސް އެފަދަ ދެވަނައެއް ނެއް ޝޯވ އެކެވެ. މި ޝޯގެ ބައިވެރިން އެކި ކެރެކްޓާ ތަކުން ފެނިގެންދާ އިރުގައި ބެލުންތެރިން ހެއްވައިލައެވެ.
ނަމަވެސް ޝޯވ ދޫކޮށް އެކި މައްސަލަ ތަކުގައި ޝޯވގެ ބައިވެރިން ވަކި ވުމަކީ މި ޝޯވ އަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއްނެމ ފުރަތަމަ ޝޯވ ދޫކޮށްލީ އެ ޝޯވ ގެ އެންމެ މުހިންމު ކެރެކްޓާ ތަކުން ފެނިގެންދިއަ ސުނިލް ގްރޯވާ އެއެވެ.
ހަބަރުތަށް ބުނާ ގޮތުންނަމަ އޭނާ ޝޯވ އިން ވަކިވީ ޝޯވގެ ހޯސްޓް އަދި މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ އާއި ދެމީހުންގެ ދޭތެރޭގައި ޖެހުނު މައްސަލަ ގަނޑެއްގެ ސަބަބުންނެވެ.
އެ ފަހުން "ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަނެއްގެ ގޮތުގައި މިދިޔަ އަހަރު ފެށީ އިރު، ސަޕްނާގެ ކެރެކްޓާ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އޮތެވެ. އޭނާ ވެސް ޝޯވ އިން ވަކި ވުމުން ޝޯވ އަށް ވަރަށް ބޮޑު ފަޅުކަމެއް ވަނީ އައިސްފައިއެވެ.
ސަޕްނާގެ ކެރެކްޓާ އިން ފެނިގެންދާ ކުރުޝްނާ އަބިޝޭކް ބުނީ އޭނާ ޝޯއިން ވަކިވާން ޖެހުނީ ފައިސާގެ މައްސަލައިގައި ކަމަށެވެ. އަދި ޝޯވ ގެ އެއްވެސް ބައިވެރިއަކާއި ވެސް އަދި ކަޕިލް އާއިވެސް އެއްވެސް މައްސަލަ އެއް ނެއްކަމަށް އެންމެ ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ކުރުޝްނާ ވަނީ ބުނެފައިއެވެ.
"އެއްވެސް ބައިވެރިއަކާއި ނެއް މައްސަލައެއް. ކަޕިލް އަކާއިވެސް މައްސަލައެއް ނުޖެހޭ. މައްސަލަ އަކީ ފައިސާގެ މައްސަލަ. ކޮންމެ އެމީހުން ވަރަށް ފަހުންވެސް ގުޅި. އެކަމަކު ފައިސާ އާއި ހިސާބުން ވާހަކަ ހުއްޓެނީ. އެކަމަކު ވަރަށް އަވަހަށް އެނބުރި ޝޯވ އާއި ގުޅޭނަން" ކުރިޝްނާ ދިން އިންޓަވިއުގައި އޭނާ ވަނީ ބުނެފައިއެވެ.
އެ ކެރެކްޓާ އަލުން ގެންނަން ޝޯގެ ފޭނުން ވަރަށް ބޮޑަށް ޑިމާންޑް ކުރަމުން ދިއުމުން އެންމެ ފަހުން މިވަނީ ސަޕްނާގެ ގޮތުގައި ކްރުޝްނާ އެނބުރި އައިސްފައިއެވެ.
ސޮނީ އިން ގެނެސްދޭ " ދަ ކަޕިލް ޝަރްމާ ޝޯވ" އަކީ އިންޑިއާގެ ނަންބަރު ވަން ކޮމެޑީ ޝޮވ އެވެ. މީ ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ޝޯވެސް މެއެވެ.
ކޮމެންޓު ފޮނުވާ