ޒަރީރަށް ދިން ހަމަލާ ދަނީ ތަހުގީގް ކުރަމުން، އަދި މީހަކު ހައްޔަރެއް ނުކުރޭ!

ޒަރީރަށް ދިން ހަމަލާ ދަނީ ތަހުގީގް ކުރަމުން، އަދި މީހަކު ހައްޔަރެއް ނުކުރޭ!

Author
މުޙައްމަދު ޝަޒައިމް
01 މެއި 2023 11:54
0

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލަ ތަހުގީީގް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ހަބީބީ ރެސްޓޯރެންޓު ތެރޭގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ރަޒީރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށް ރޭ ފަތިހު 5:08 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިމާރާމާރީއާއި ގުޅިގެން މެމްބަރު ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑިކޭގައި ފަރުވާ ދެމުންދާކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުން ކަމަށާއި، ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަބީބީ ރެސްޓޯރެންޓަކީ މެމްބަރު ޒަރީރާއި، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އާންމުކޮށް ގޮސް އުޅޭ ކެފޭއެކެވެ. އެތަނަކީ ސީޝާ ބުއިމާއި، ހަފްތާ ބަންދުގައި ޑީޖޭވެސް އޮންނަ ކެފޭއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.