ހަސަން ކުރުސީގެ ޓުވިޓާ އެކައުންޓުގެ އަސްލު ހޯދައި ދިނުމަށް ނަޝީދު ފުލުހަށް

ހަސަން ކުރުސީގެ ޓުވިޓާ އެކައުންޓުގެ އަސްލު ހޯދައި ދިނުމަށް ނަޝީދު ފުލުހަށް

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުގެ އަސްލު ހޯދައި ދެއްވުމަށް އެދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ ރައީސް ނަޝީދުގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި، އެތަކެއް އޮޅުމެއް އަރާ އެކަމުގެ ސަބަބުން އިންތިހާއަށް ގެއްލުން ލިބެމުންދާކަމަށެވެ.

ރައީސް ނަޝީދު ވަނީ މި އެކައުންޓުގެ ވެރިފަރާތަކީ ކޮބައިކަން ހޯދައި ދެެއްވުމަށް ފުލުހުންގެ ކިބައި އެދިފައެވެ. ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައީސް ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަޝީދުގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ.

ހަސަން ކުރުސީ އަކީ ނަޝީދުގެ ތޮބިއްޔަށް ބަޔާން ނުކޮށްދޭ ޝަހްސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށާއި ނަމަވެސް ހަސަން ކުރުސީ އަކީ ޖިސްމާނީ ގޮތުން ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުން ގެންދަނީ އާއްމުކޮށް ވާހަކަ ނުދެކެވޭ ބައެއް މައުލޫތަކަށް ވެސް ވާހަކަ ދައްކަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ނަޝީދު މީގެ ކުރިން ވެސް ވަނީ އޭނާ އަކީ ހަސަން ކުރުސީ ނޫން ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ އެކައުންޓުން ޓުވިޓެއް ކުރާ ކޮންމެ ފަހަރަކު އެތައް ބަޔަކު އަންނަނީ އެއީ ނަޝީދު ކަމަށް ބުނަމުންނެވެ.

އެގޮތުން ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން ފަޅާއަރާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަން (ރޮޒޭ) ވަނީ ވިދާޅުވެފައެވެ.

އެކަން ފަޅާ އެރީ ރޮޒައިނާ ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅު ރަށްތައް ބެހި ކަމަށް ވިދާޅުވެ ރޮޒެއިނާ ކުރި ޓްވީޓަކަށް ހަސަން ކުރުސީ ރައްދު ދިން ގޮތުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *