އެސްޓީއޯ އިން ކާށި ވިއްކާނީ، ކިލޯއެއް 12 ރުފިޔާއަށް!

އެސްޓީއޯ އިން ކާށި ވިއްކާނީ، ކިލޯއެއް 12 ރުފިޔާއަށް!

Author
އަޒްފާ ރަޝީދު
01 އޭޕްރިލް 2023 04:22
0

އެސްޓީއޯ އިން ރާއްޖެ ގެނައި ކާށި ޝިޕްމެންޓް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ރާއްޖެ އެތެރެކުރި ކާށި ޝިޕްމަންޓް ވިއްކަމުން ގެންދަނީ ކިލޯ ކިރައިގެންނެވެ. އާއްމު ގޮތެއްގައި ބާޒާރުގައި ކާށި ވިއްކަނީ ވަކިން ކަމުގައިވީ ނަމަވެސް، އެސްޓީއޯ އިން ކާށި ކިލޯއެއް ވިއްކަނީ 12 ރުފިޔާގެ ރޭޓުންނެވެ.

ބާޒާރުގައި ކާށި އަގުބޮޑުވުމުގެ ސަބަބުން، މީގެކުރިން 200 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދު ވިއްކި ކާށި ބަސްތާއެއް ބާޒާރުގައި 1000 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން ދިޔައެވެ. އެސްޓީއޯ އިން ދަނީ މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންނެވެ.

އެސް.ޓީ.އޯއިން ބުނީ ރޯދަމަހު ކާބޯތަކެތޯގެ އަގު ހިފެހެއްޓުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ހުސްނުވެ އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށެވެ.

ރޯދައާއި ދިމާކޮށް ބާޒާރުގައި ކާށީގެ އަގު ބޮޑުވެފައިވާތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.