ޒަރިޔަންދު ރޮޒައިނާއަށް، ކުލަ ބަދަލުވާން ބާކީ 6 މަސް

ޒަރިޔަންދު ރޮޒައިނާއަށް، ކުލަ ބަދަލުވާން ބާކީ 6 މަސް

Author
ޢަލީ އާދަމް
30 މާރޗް 2023 05:15
0

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ކުލަ ބަދަލުވާން އޮތީ ބާކީ 6 މަސްދުވަސްކަމަށް ވިދާޅުވެ ޓެންޑާ ބޯޑުގެ ކުރީގެ މެމްބަރ އިސްމާޢީލް ޒަރިޔަންދު ރޮޒައިނާއަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަރިޔަންދަކީ އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. އަދި އޭނާ އަންނަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ނަޝީދު ފެކްޝަނުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވާ ރައީސް ޞާލިޙް ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންގެ ތެރޭގައި ރޮޒައިނާ ހިމެނެއެވެ.

ރޮޒައިނާ ސިޔާސީ މައިދަނަށް ނުކުންނެވީ ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެގޮތުގައި މަޖިލީހަށް ނުކުންނެވި ހިސާބުންނެވެ. އޭގެފަހުން ޑީއާރުޕީގެ އިސް ސަފުގައި އޭނާވަނީ ނުފޫޒުގަދަ މެމްބަރެއްގެ ގޮތުގައި އުޅުއްވާފައެވެ.

ސިޔާސީ މައިދާނުގައި އެކިފަހަރު އެކި ސިޔާސީ ލީޑަރުންނަށް ތާޢީދުކުރައްވައި ރޮޒައިނާ ދައްކަވާފައިވާ ވާހަކަތައް ސޯޝަލް މިޑިއާގައި ވައިރަލްކޮށް ނަޝީދު ފެކްޝަނުން އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައީސް މައުމޫނާއި، ރައީސް ވަޙީދާއި، ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން ޢަލީއާއި އެމްޑީޕީގެ ރައީސް ރައީސް ނަޝީދައި، ރައީސް ޞާލިޙަށް އެކި ފަހަރު ރޮޒައިނާ ތައުރީފްކުރައްވައި ދައްކަވާފައިވާ ވާހަކަތައް ވައިރަލްކޮށް ނަޝީދު ފެކްޝަނުން ބުނެފައިވަނީ ރޮޒައިނާއަކީ އެއިރެއްގައި ބާރުގައި ހުންނަވާ ލީޑަރަކަށް ސަނާ ވިދާޅުވާ ބޭފުޅެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.