އަމިނީމަގު ހެދުމަށްޓަކާ, އެމަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދަނީ ބޮޑެތި ގަސްތައް ފަނުން އިންދާ ގޮތަށް ޕްލޭން ކޮށްގެން

އަމީނީ މަގުން ގަސް ކަނޑާތީ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

އަމީނީ މަގުން ގަސް ކަނޑާތީ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

އަމީނީމަގު ހެދުމަށްޓަކާ އެމަގުން ގަސްތައް ކަނޑާތީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ އަނބުތާ ގެންގޮސްފިއެވެ.

ޝުނާނާ އެންޑް ކޯ ލޯ ފާމުން، ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅި މި މައްސަލަ އަބުރާ ގެންދިއުމަށް ހުށަހަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 15ވަނަ ދުވަހު ކަމަށް، ސިވިލް ކޯޓުން ނެރުނު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

އެ ލޯފާމުން، އަމީނީ މަގުން ގިނަ އަދަދެއްގެ ގަސްތައް ނަގަމުންދާތީ އެކަން ހުއްޓުވުމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މައްސަލަ ކޯޓަށް ހުށަހެޅިއިރު، އެ މައްސަލައާއިއެކު އަމީނީ މަގުން ގަސް ނެގުން ވަގުތީ ގޮތުން ހުއްޓުވައިދިނުމުގެ އަމުރަކަށްވެސް އެދިފައި ވެއެވެ.

އެހެންނަމަވެސް މި އަމުރު ކޯޓުން ނެރެދީފައި ނުވާކަމަށް ކޯޓުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލާގައި ނަޝީދު ކޯޓަށް މައްސަލަ ހުށަހެޅުއްވީ، އެމަގުން ގަސް ނުކެޑުމަށް، މަޖިލިސް ޖަލްސާއެއްގައި އިންޒާރު ދެއްވުމަށްފަހުއެވެ. މިގޮތުން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އަމީނީ މަގުގައި ހުރި ގަސްތައް ހެދި ބޮޑުވުމަށް 15 ނުވަތަ 20 އަހަރު ނަގާކަމުގައެވެ.

އެހެންނަމަވެސް، އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ބުނެފައިވަނީ، އެ މަގުގައި ހުރި ގަސްތައް ނަގާފައިވަނީ އެ މަސައްކަތް ކުރާއިރު ގަސްތަކާ ހެދި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާތީ ކަމުގައެވެ. އަދި މަގު ހަދާ ނިމުމުން ގަސް އިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

އަމީނީ މަގު ހެދުމަށް ބޮޑު އަގަކަށް އާރުޑީސީއާއި ސަރުކާރުން ހަވާލު ކުރިނަމަވެސް، އެއްބަސްވުމުގައި އޮތް މުއްދަތު މިހާރުވަނީ ފަހަނަ އަޅާ ގޮސްފައެވެ. އަދި އާރުޑީސީއަށް އަމީނީ މަގުގައި ތާރަ އެޅުމުގެ މަސައްކަތް ނުކުރެވި، ސަރުކާރުން ފަހުންވަނީ އެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައެވެ. ސަރުކާރުން ފަހުން ބުނެފައިވަނީ އެމަގުގެ މަސައްކަތް މިހާރު ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *