ކުނި އުކާލުމުގެ ހިދުމަތްދޭ ގަޑިތައް ވެމްކޯއިން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން ބުނީ ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ކުނި ނަގާނީ އެ ގަޑިތަކުގައި ކަމަށެވެ. އެ މުއްދަތުގައި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
ހުކުރު ދުވަސްތަކުގައި ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާނީ މެންދުރު 2:00 އިިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
މާލެއިން ކުނި ނަގާ ގަޑިތައް:
– ގޭގައި އުފައްދާ ކުނި: ރޭގަނޑު 8:30 އިން ދަންވަރު 2:30
– ގޭގައި އުފައްދާ ކުނި ނުވާ ކުނި: ހަވީރު4:00އިން 5:00 އިން
ވިލިމާލެ:
– ގޭގައި އުފައްދާ ކުނި: މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް
ހުޅުމާލެ:
– ގޭގައި އުފައްދާ ކުނި: މެންދުރު 1:00 އިން ރޭގަނޑު 9:00 އަށް
ހުޅުމާޅެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުން ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކުނި ނަގާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:00އަށެވެ. ހުކުރު ދުވަހު ހިޔާ ފްލެޓްތަކުން ކުނި ނަގާނީ މެންދުރު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށެވެ.
އެކުންފުނީގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތައް ހުޅުވާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
ކޮންމެ އަަހަރަކު ވެސް ރޯދަ މަހު ކުނީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ކުނި އުކާލުމުގައި އުފުލަންޖެހޭ ބުރަ ބޮޑުވެ އެވެ. ވެމްކޯ އިން ކުރިން ބުނެފައިވާ ގޮތުގައި ރޯދަމަހު ދުވާލަކު 120-140 ޓަނާ ދެމެދުގެ އަދަދަކަށް ކުނި އުކާލަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ