އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް

އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް

މި މަހުގެ 6 ވަނަ ދުވަހު އަލިފާން ރޯވި އައްޑޫ ހިތަދޫ އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ އަދިވެސް ހުއްޓުމެއްނެތި ކުރިޔަށް ދާކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.

މިގޮތުން އިއްޔެއާއި ހަމައަށް މިމަސައްކަތުގައި 1،342 ސްކުއާ ކިލޯ މީޓަރުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމުގައި އެމްއެންޑީއެފްއިން ބުނެފައި ވެއެވެ. އެހެންނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އަދި މިހާތަނަށް އެމީހާ ފެނިފައެއް ނުވެއެވެ.

އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި އާގަލާ ބޯޓުގައި އަލިފާން ރޯވެ ޙާލުގައި ޖެހުނީ މ.ތުވަރު ކައިރިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައި ވެއެވެ. ބޯޓުގައި އަލިފާން ރޯވުމުން އޭގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އެއާއެކު އޭގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ.

ބޯޓުގައި ތިބީ ޖުމުލަ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހަކާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ. 14 މީހަކު އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށް މ.މުލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ 2:47 ކަންހާއިރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *