އަމީނީ މަގުގެ ތާރަ އެޅި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

އަމީނީ މަގުގެ ތާރަ އެޅި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

Author
ހުސެއިން
06 މާރޗް 2023 08:44
0

މާލޭގެ އަމީނީ މަގު ތަރައްގީ ކުުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން، މިހާތަނަށް ތާރައަޅާ ނިމިފައިވާ ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.

މި ސަރަހައްދުގައި ތާރަ އަޅާފައިވަނީ އެމްޓީސީސީން ނަމަވެސް، މި މަޝްރޫއުއާއި ހަވާލުވެފައިވާ ރޯޑް ކޯޕަރޭޝަންއިން ބުނެފައިވަނީ، ތާރައަޅާ ނިމިފައިވާ ސަރަހައްދު މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލާފައިވި ނަމަވެސް، އަދިވެސް އެ ސަރަހައްދުގެ ފިނިޝިން މަސައްކަތް ކުރިޔަށް ދާކަމުގައެވެ.

އާރު ޑީސީން އިތުރަށް ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން، ސްޓޯމް ވޯޓަރ ސިސްޓަމް ގާއިމް ކުރުމަށްޓަކާ މޫނިމާ ހިނގުން މިހާރު ބަންދު ކޮށްފައިވާ ކަމުގައެވެ.

އަމީނީ މަގުގެ 4 ސެގްމެންޓެއްގެ ތެރެއިން 3 ސެގްމެންޓެއްގައި މިހާރުވަނީ ތާރުއަޅާ ނިމިފައެވެ. މިގޮތުން ތާރައަޅާ ނިމިފައިވަނީ ހެންވޭރުކޮޅުން ފެށިގެން ސްޓެލްކޯއާއި ހަމައަށެވެ. އަދި 4 ވަނަ ސެގްމެންޓްގެ މަސައްކަތް ކުރިޔަށްދާއިރު، އާރުޑީސީން ބުނެފައިވަނީ މި ސެގްމަންޓުގެވެސް މައިގަޑު މަސައްކަތްތައް މިހާރު ނިމުމަކަށް އައިސްފައިވާކަމުގައެވެ.

އޭގެ އިތުރުން 5 ވަނަ ސެގްމެންޓުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިސެގްމަންޓުގެ މަސައްކަތް ކުރިޔަށް ދާނީ އަމީނީ މަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިގުމާއި ހަމައަށެވެ.

އަމީނީ މަގުގެ މަސައްކަތް އެންމެ ފުރަތަމަ އާރުޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަސް ތެރޭ ނިންމާގޮތަށެވެ. 84 މިލިއަން ރުފިޔާގެ މި މަޝްރޫއު އެއްބަސްވުމާއި އެއްގޮތަށް ނިންމާނަމަ މި ފެބްރުއަރީ މަސް ތެރޭ ނިންމެން ޖެހެއެވެ. އެހެން ނަމަވެސް މި ޕްރޮޖެކްޓުގެ ބޮޑުބައި އަދިވެސް ވަނީ ނުނިމިއެވެ. އަދި ޕްލޭނިން މިނިސްޓަރ އަސްލަމް ދާދިފަހުން ވިދާޅުވެފައިވަނީ، މިހާރު އަންދަޒާ ކުރެވޭ ގޮތުން މިމަގުގެ މަސައްކަތް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމުގައެވެ.

އަމީނީ މަގު ހަދަން ހަވާލުކުރި މަޝްރޫއަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވެއެވެ. ހާއްސަކޮށް އެ މަޝްރޫއަށް 84 މިލިއަން ރުފިޔާ ހޭދަކުރުމާއި އެކު އެ މަގު ހަދަން ގަސްތައް ކެނޑުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.

އެންމެފަހުން މަގުގައި ތާރުއެޅުމާހަމައަށް މަސައްކަތް ނިމިފައިވާ ސަރަޙައްދުގައި ތާރުއެޅުން ލަސްވާތީ އެމަސައްކަތް މިހާރު ކުރިޔަށްދަނީ އެމްޓީސީސީއާއި ހަވާލު ކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.