މ. ތުވަރު ކައިރިން ދަތުރު ކުރަމުންދަނިކޮށް އަލިފާން ރޯވި، އައްޑޫ "އާގަލާ" ނަމަކަށް ކިޔާ ބޯޓުގައި އަލިފާން ރޯވުމާއި ގުޅިގެން، އެބޯޓުން ދަތުރު ކުރަމުންދިޔަ 15 ފަޅުވެރިން ކަނޑުވެފައިވަނިކޮށް، ސަލާމަތް ކުރެވިފައިވަނީ 14 ފަޅުވެރިން ކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މާލެ ދަތުރުކުރާ މި ބޯޓު، ކަނޑިުމަތީގައި އަލިފާން ރޯވުމާއި ގުޅިގެން ސެންޓްރަލް އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމުގައެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ އެ ބޯޓު މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ކަމުގައެވެ. އަދި މި ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވުމުގެ ސަބަބުން އެ ބޯޓުން ދަތުރުކުރި 15 ފަޅުވެރިން (5 ދިވެހިންނާއި، އިންޑިއާ 5 މީހުންނާއި އަދި ބަންގްލަދޭޝް 5 މީހުން) ކަނޑަށް ފުންމާލުމުގެ ސަބަބުން ކަނޑުވެފަ ތިއްބައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ އެމީހުންގެ ތެރެއިން ފެންނަންތިބި 14 މީހުން ސަލާމަތްކޮށްފައި ކަމުގައެވެ.
އަދި ފަޅުވެރިންގެ ތެރެއިން އިންޑިއާ މީހަކު ފެނިފައިނުވާތީ، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެ ސަރަހައްދުގައި ކުރަމުންނެވެ.
އެމްއެންޑީއެފްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 02:47 ހާއިރުއެވެ.
އާގަލާ ބޯޓަކީ އައްޑޫގެ ވިޔަފާރިވެރިއްގެ ބޯޓެކެވެ. މި ބޯޓުވެ ވެރިފަރާތުން އައްޑޫގައި އާގަލާ މާރޓްގެ ނަމުގައި ފިހާރައެއް ހިންގުމުގެ އިތުރުން އިތުރު އެހެން ވިޔަފާރިތައްވެސް ކުރަމުން ދެއެވެ.