ވަރަށް ބޮޑަށް އިޝްރިހާރު ކޮށް އަދި ބޮޑު އުންމީދަކާއި އެކުގައި ސިނަމާތަކަަށް ގެނައި ފިލްމް "ޝެހެޒާދާ" ގެ 'ޝެހެޒާދާ’ގެ ފެށުން އެހާ ރަނގަޅު ނޫން ކަމަަށް ބޮކްސް އޮފީސް ވިޔަފާރީގެ މާހިރުން ލަފާކޮށްފި އެވެ.
މަޝްހޫރު ޒުވާން އެކްޓަރު ކާތިކް އާރިޔާން ލީޑުން ފެނިގެންދާ މި ފިލްމް އަކީ ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު އާމްދަނީ އެއް ހޯދަނެ ކަމަށް ލަފާ ކުރި ފިލްމްއެކެވެ.
"ޝެހެޒާދާ"ގެ ފުރަތަމަ ދުވަހަށް އެ މީހުންގެ އަންދާޒާއަކީ 6-7 ކްރޯޑެވެ. އެކަމަކު ހަފްތާބަންދުގައި މިއަދާއި މާދަމާގެ އާމްދަނީ އެއަށް ވުރެ ރަނގަޅުވެ، ހޯމައިން ފެށިގެން ރަނގަޅު އަދަދެއްގައި ހިފަހައްޓާލެވިދާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ނެރުނު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ކާމިޔާބާއެކު ވިދައިލި އެކްޓަރު "ޝެހެޒާދާ" ގައި ފެނިގެން ދާނީ ކްރިތީ ސެނޮން އާއި އެކުގައިއެވެ. މިއީ މި ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. އެދެތަރިން އެކުގައިވަނީ 2019 ވަނަ އަހަރުގައި "ލުކާ ޗުޕީ" ކިޔާ ފިލްމްއެއް ގައި މަސައްކަތް ކޯށްފައިއެވެ.
މި ފިލްމް އަކީ ސައުތުގެ ސްޕްހިޓު ފިލްމް "އާލަ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމޭކެވެ. އެ ފިލްމްއިން ފެނިގެންދިއައީ ސައުތުގެ މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު އައްލޫ އަރުޖުން އިތުރުން ޕޫޖާ ހޭގްޅޭއެވެ.
"ޝެހެޒާދާ" ގެ ޑައިރެކްޓަރަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ. މިއި އޭނަގެ ތިން ވަނަ ޑައިރެކްޝަނެވެ. މި ފިލްމް އިން ކާތިކް ވަނީ ޕްރޮޑިއުސަރަކަށްވެސް ވެފައިއެވެ.
ކާތިކް ގެ ކޮންމެ ފިލްމް އަކަށްވެސް ކުރެވޭ އުންމީދުވަރަށް ބޮޑެވެ. އޭނާ އަކީ މިދިއަ އަހަރު ގެނެސްދިން ކާމިޔާބު މަދު ފިލްމް ތަކުގެ ތެރެއިން އެންމެ ރަނގަޅު އާމްދަނީ އެއް ހޯދި ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ 2″ ގެ ލީޑު އެކްތަރެވެ.