ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހަމަޖެއްސެވީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ކުރީގެ އެންވާރުމަންޓް މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ މިސަރުކާރުން ފެނަކައިން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މިއީ މިހާތަނަށް ތާރީހުގައިވެސް އެންމެ ބޮޑަށް މިމަސައްކަތް ކުރެވުނު ދައުރު ކަމުގައި ވިދާޅުވެފައެވެ.
އެމްޑީޕީގެ ޖަލްސާގައި އަސްލަމް ދެއްކެވި ވާހަަކަތަކާއި ގުޅިގެން ކުރީގެ އެންވާރުމަންޓް މިނިސްޓަރ ތޯރިގު ވިދާޅުވީ ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތް ކުރިޔަސް ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ތޯރިގު ވިދާޅުވިއެވެ.
ކިތައްމެވަރަކައް ހަގީގަތް އޮޅުވާލަން MDPގެ ސަރުކާރުން އުލުނަސް، 24 ގަޑިއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކައް ކަރަންޓުގެ ހިދްމަތް ފޯރުކޮއްދެވުނީ ރައީސް ޔާމީންގެ ވެރިކަމުގަ.
– ކުރީގެ އެންވާރުމަންޓް މިނިސްޓަރ ތޯރިގު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސައުވީސް ގަޑިއިރު ކަރަންޓު ޔަގީންކުރުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުރި މަސައްކަތް ނިންމާ އެކަމުގެ ކާމިޔާބު ފާހަގަ ކުރުމަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ޚާއްސަ އިވެންޓެއްވެސް ބާއްވާފައެވެ. 24 ގަޑިއިރު ކަރަންޓު ޔަގީންކުރުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ ފާހަގަކުރަމުންދާއިރު މީގެ ފަސްއަހަރުކުރިން ރާއްޖެގެ އެތައްރަށެއްގައި ކަރަންޓުގެ ޚިދުމަތް ލިބެމުންދިޔައީ ސައުވީސް ގަޑިއިރުގެ ތެރެއިން އަށްގަޑިއިރު ނުވަތަ ބާރަ ގަޑިއެއްހައި އިރަށެވެ.
2 Responses
އޭރުދުވާލަކުކިތައްފަހަރުކަރަންޓުކެނޑޭތަ
އެއީ ނަމުން، ކަމުންނެއް ނޫން، ދެން ތިހެން ވީއިރު އޭރު 75 ޖަނަރޭޓަރު، މިދައުރު 330 ޖަނަރޭޓަރު،
ތިގޮތަށް ހުސްނުވާ އާސަންދަ ވެސް ކިޔާާ