ފުލުހުންހެ ބެލުމުގެ ދަށަށް ގެނެވޭ ފޮރެންސިކް ހެކީގެ މައުލޫމާތު ލީކުނުވާނެ ކަމުގެ ޔަގީންކަން ފުލުހުންގެ އިދާރާއިން ދީފިއެވެ.
ފުލުހުން މިފަދަ މެސެޖެއް ހިއްސާ ކުރީ އާންމު އާންމު ފަރާތަކުން އޭނާގެ ޒާތީ ފޮޓޯތަކެއް ފުލުހުން ލީކު ކޮށްލާފައިވާކަމަށްބުނެ އާންމުކޮށްފައިވާ މައުލޫމާތާއި ގުޅިގެންނެވެ. ފުލުހުން މިފަދަ މެސެޖެއް ހިއްސާ ކުރީ ފިލްމީ ތަރި އައިމިނަތު ރިޝްފާގެ ޒާތީ ފޮޓޯތަކަކާއި ވީޑިއޯތަކެއް ފުލުހުން ލީކު ކޮށްލި ކަމަށް އޭނާ ތުހުމަތުކޮށްފައި ވަނިކޮށެވެ.
އެގޮތުން ރިޝްފާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުގެ ޕާސްވޯޑު ފުލުހުން މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ. އަދި އެއަށްފަހު އޭނާގެ ޒާތީ ފޮޓޯތަކެއް އަދި ވީޑިއޯތަކެއް ލީކުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަދި މި މުއްދަތުގައި އޭނާ ފިޔަވައި އޭނާގެ ފޯނަށް އެކްސެސް ވެވުނީ ހަމައެކަނި ފުލުހުންނަށް ކަމަށް ބުނެ އެ ތަކެތި ލީކުކޮށްލީ ފުލުހުންގެ އިދާރާއިން ކަމަށް ތުހުމަތުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އެއިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހެކީގެ މައުލޫމާތުތަކަކީ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަމަލުކުރާ އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރެވޭ ތަކެތިކަމަށެވެ. އެއްވެސް ހެއްކެއްގެ މައުލޫމާތު ލީކުވެ އެފަދަ ކަމެއް ނުހިނގާނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.
ފުލުހުން ވިދާޅުވީ ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. އަދި ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ