ދައުރެއް ނިންމާލިއިރު ދިވެހި ކުންފުންޏެއް ލައްވާ ތާރު އަޅަން ނޭގުނު: މޫކޭ

ދައުރެއް ނިންމާލިއިރު ދިވެހި ކުންފުންޏެއް ލައްވާ ތާރު އަޅަން ނޭގުނު: މޫކޭ

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2023 09:20
0

މިސަރުކާރުން ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި ކުންފުނިތައް ލައްވައި ކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓާ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރަން ނިންމުމާއި ގުޅިގެން އާރުޑީސީއަށާއި، އޭނާއަށް ސޯޝަލް މީޑިއާގައި ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ. އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ކުރީގެ ރައީސް ޔާމީނަށް ތާއީދު ކުރާ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ފާޅުކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން މޫކޭ ވިދާޅުވީ ވެރިކަމުގެ ދައުރެއް ނިންމާލީ ދިވެހި ކުންފުންޏެއް ލައްވައި ތާރު އެޅުމުގެ މަސައްކަތް ކުރަން ނޭގުނު ބައެއް ކަމަށެވެ.

މިސަރުކާރުން ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި ކުންފުނިތައް ލައްވައިކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައި ތާޅު އެޅުމުގެ މަސައްކަތް ކުރީ ބޭރުގެ ކުންފުނިތައް ލައްވައިކަމަށް އޭނާ ވިދާޅުވިއެވެ.

ދައުރެއް ނިންމާލި އިރު ދިވެހި ކުންފުންޏެއް ލައްވާ ތާރު އަޅަން ނޭންގުނު ބަޔަކަށް މިއީ އާ ކަމަކަށް ވެދާނެ. MRDC އިން ތާރު އެޅީ ސިއެރާ އަށް ސަބް ކޮންޓްރެކްޓް ކޮށްގެން. PWS އިން ސިއެރާ މެޝިނަރީޒްގަ ޗައިނާ ކުންފުނީގެ އެހީގަ. މި އަދު ދިވެހި ކުންފުނި ތަކުގައި އެ ކެޕޭސިޓީ އެބަހުރި.

– މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންއެވެ. އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް 13 ސެގްމަންޓްއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު މިހާރު ކުރިއަށް ދަނީ ސެގްމަންޓް 4 ގައި ހިމެނޭ ސްޓެލްކޯއިން ފެށިގެން އެވިޑް ކޮލެޖްއާ ހަމައަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތެވެ. އަދި މިހާރު ވަނީ އެ މަގުގައި ތާރުއެޅުމުގެ މަސައްކަތްވެސް ފަށާފައެވެ. މިގޮތުން ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އެބީސީ ފަށައަލަ އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ 7 ދުވަސްތެރޭ ސްޓޭލްކޯއާ ހަމައަށް ތާރު އަޅާ ނިންމުމެވެ.

އަމީނީ މަގުގައި ތާރުއެޅުމަށްޓަކައި އެމްޓީސީސީއާއި ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން އަދި ހަމަޖައްސައިދީފައި ނުދެވާތީ އެމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މެޝިން ބަހައްޓާނެ ޖާގަ އާރްޑީސީއަށް ހަމަޖައްސާދެވުމުން ކުރިއަށް އޮތްތަނުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީންކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖުން
މީނަ އަދިވެސް އަނގަ މައިތިރި ނުވޭދޯ؟
ޔާމިނަށް ކުރެވޭނީ ވައްކަން
ޢ ޢިބޫ
އެއްވެސް ތަޢުލީމެއް ނެތް މީހަކު ދެރަވާކަށްވެސް ލަދު ގަންނަން އަދި ޕްރޮފިޝަނަލީ ކުރިމަތިވާ ކަންކަމަށް އެޑްރެސްކުރާކަށް ނޭގޭނެ އަދި އެ ވެދާނެ އެސޮރަކީ އެކަމުގެ އެއްވެސް ތަޖުރިބާ އެފަދަ ޕްރޮޖެކްޓާ ގުޅޭ މަކްތަބަކަށްވެސް ނުދާ ސޮހޮލެއް ކަމަށް
ޙ ޙަމީދު
މިކަލޭގެ އަނގައަކުން ދެރައެއް ނުވާނެ ލަދު ހަޔާތް އަރުއްވައި ގަނެފަ ހުރި މޫކޭ ތިޔައީ
A Ahmed Ali
ދައުރެއް ނިއްމާލިއިރު ދިވެހިރާއްޖޭ ގައި ތާރު އަޅުމުގެ ގާބިލުކަން ހުރި ކުންފުންޏަކަށް އެމްޓީސީސީ ހަދައިދިނާ ރައީސް ޔަމީން މޮޔަޔާ