ރިތިކް ޑީގްރޭޑް ކުރެވުމުން ރާޖަމޯލީ މާއާފަށް އެދިއްޖެ

ރިތިކް ޑީގްރޭޑް ކުރެވުމުން ރާޖަމޯލީ މާއާފަށް އެދިއްޖެ

ރިތިކް ރޯޝަން އަކީ ސައުތުގެ ސްޕަސްޓާރު ޕްރަބާސް ކަހަލަ ތަރިންގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫންކަމަށް ބުނެ މީގެ އަހަރު ތަކެއް ކުރިން ދެއްކި ވާހަކައަކަށް މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލި މައާފަށް އެދިއްޖެއެވެ.

"އާރްއާރްއާރް" އާއި "ބަހޫބަލީ" ފަދަ ރެކޯޑް މުގުރާފައިވާ ފިލްމުތަކުގެ ޑައިރެކްޓަރު ރާޖާމޯލީ ތަންކޮޅެއް ކުރިން ދައްކާފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއް އަލުން އިންޓަނެޓުގައި ދައުރުވާން ފެށުމުން، އޭނާ ވަނީ އެއްވެސް ގޮތަކަށް އެވާހަކަ ދެއްކީ ރިތިކް ޑީގްރޭޑް ކޮށް މަލާމާތް ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އެފަދަ ވާހަކައެއް ދެކެވުމުން ދެރަވާ ކަމަށާއި އަދި ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށެވެ.

މީ 2009 ވަނަ އަހަރު ނެރުނު ޕްރަބާސް ގެ ފިލްމް "ބިއްލާ" ގެ  އޯޑިއޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އޭނާ ދެއްކި ވާހަކަ އެކެވެ. އަލުން ސޯޝަލް މީޑީއާގައި މިވާހަކަތަށް ވަނީ ވައިރަލް ވެފައިއެވެ.

ނިއުޔޯކް ފިލްމް ކްރިޓިކް ސާކަލް އެވޯޑްގައި ވާހަކަދައްކަމުން ރާޖަމޯލީ ބުނީ އެއީ މީގެ 15 ނުވަތަ 16 ވަަރަކަށް އަހަރު ކުރީގެ ވާހަކަ ތަކެއް ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ދެއްކިގެން ނުވާނެ ކަމަށާއި އަދި އެވާހަކަތަށް ދެއްކުނު ގޮތް ރަނގަޅުނޫންކަމަށް މިހާރު ގަބޫލުކުރާ ކަމަށެވެ. އަދި ރިތިކް އަށް އޭނާ ވަރަށް ގަދަރާއި އިހްތިރާމް ކުރާ ކަމަށެވެ.

ރިތިކް އަކީ ބޮލީވުޑްގެ ނަން މަޝްހޫރު ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އެކްޓަރކެވެ. އަދި ހަމަ އެފަދައިން ޕްރަބާސް އަކީ ވެސް ސައުތުގެ އިތުރުން ބޮލީވުޑްގައި ރަސްކަން ކުރަމުން އަންނަ ތަރިއެކެވެ. އަނެއް ކޮޅުން ރާޖަމޯލި އަކީ ވަރަށް ވެސް މޮޅެތި ފިލްމްތަށް ހަދައި ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދައިފައިވާ ޑައިރެކްޓަރެކެވެ. ހާއްސަކޮން މިދުވަސްކޮޅަކީ އޭނާ އަށް ވަރަށް އުފާވެރި ދުވަސްކޮޅެކެވެ. މި ވަގުތަކީ އޭނާގެ ފިލްމް "އާރްއާރްއާރް" މުޅި ދުނިޔޭގައި ބަލަމުން ދާ ދުވަސްކޮޅެކެވެ. އެފިލްމް ގެ "ނާޗޫނާޗޫ" ލަވައަަށް ވަނި ގޯލްޑެން ގްލޯބް ލިބިފައިއެވެ. މިއީ އިންޑިއާގެ ލަވައަކަށް މިފަދަ އެވޯޑެއް ލިބުން ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *