އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު ޕީއެސްއައިޕީގެ މަޝްރޫޢޫތައް ހިންގުމަށް އިތުރު 135 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އިތުރުކޮށްފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބެޖަޓާއި ގުޅޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓަށް ވަނީ ބަދަލުތަކެއް އައިސްފައިކަމަށެވެ. އެގޮތުން ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި މިހާރު ޖަހާފައިވާ އަދަދަށްވުގެ އިތުރު 135.2 މިލިޔަން ރުފިޔާ އިތުރުކޮށްފައި ވާކަމަށެވެ.
އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއް ކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވަނީ ބަޖެޓުގެ ކޮމިޓީ މަރުހަލާގައި ވިދާޅުވެފައެވެ. ގަވަރުނަރު ވިދާޅުވެފައިވަނީ ޕީއެސްއައިޕީ ފަދަ ކެޕިޓަލް ޚަރަދުތައް ހިންގުމަށް ދައުލަތުގެ އާންމު ބަޖެޓުގައި ހިމެނިފައިވާ މިންވަރުގެ ފައިނޭންސިން ހޯދުމަކީ ދަތިވާނެކަމެއްކަމަށް ލަފާކުރެވޭކަމަށެވެ. ސަބަބަކީ ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އަދި ރާއްޖޭގެ ބޭރު ފައިސާގެ ސަޕްލައިވެސް ވަރަށް ބޮޑަށް ދަށްވެފައިވާތީކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓުގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރާ މިންވަރުވެސް ކޮމިޓީ މަރުހަލާ ނިންމުނު އިރު އިތުރުވެފައި ވާކަމަށެވެ. އެގޮތުން ބަޖެޓްގައި ކުރިން އޮތް އަދަދަށްވުރެ 3.355 ބިލިޔަން ރުފިޔާގެ އަދަދެއް އިތުރުވެފައި ވާކަމަށެވެ. ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 17.8 ބިލިޔަން ރުފިޔާ ލިބޭނެކަމަށެވެ. ނަމަވެސް މިހާރު އިތުވާނެކަމަށް ލަފާކުރި އަދަދާއިއެކު 21.28 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައި ވާކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓްގެ ޚަރަދުތަކުގެ ތެރެއިން އޮފީސްތަކުގެ ޑޮމެސްޓިކް ޚަރަދުތަކުންވެސް 209 މިލިޔަން ރުފިޔާގެ ކުޑަވުމެއް އައިސްފައިވާކަމަށެވެ ބަޖެޓަށް ކޮމެޓީ މަރުހަލާއިން ގެނައި ބަދަލުތަކާއިކު މެމްބަރުންނަށް މިއަދު ބަޖެޓް ފޮނުވައި އަންނަ އަހަފްތާގެ އާދީއްތަ ދުވަހު ބަޖެޓްގެ ބަހުސް މަރުހަލާ ފަށާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ކޮމިޓީ މަރުހަލާ ރޭ ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު، ބަޖެޓަށް ވަނީ ބަދަލުތަކެއް ގެނެސް އިތުރު 200 މިލިޔަނެއްހާ ރުފިޔާ އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ