ކޯޓުތަކުން ކުރާ ހުކުމްތަކަށް ޝައްކު ކުރުމުގެ ޖާގަ އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިތުބާރު ނެތުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެމްބަރު އުޝާމް މިހެން ވިދާޅުވީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އިއްވި ހުކުމަށް ފާޑުވިދާޅުވެ، އެއީ ހަލާލު ނޫން ހުކުމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މާރިޔާ ސްޕްރީމް ކޯޓުގެ ހުކުމް ބަލައި ނުގަންނައިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސްޕްރީމް ކޯޓުގެ ހުކުމް ބަރާބަރު ކަމަށެވެ. އަދި މިހާރު ރައީސް ޔާމީނަށް ދަށު ކޯޓުން ވ.އާރަށު މައްސަލާގައި ކޮށްފައިވަ ހުކުމްވެސް ސްޕްރީމް ކޯޓުން ބާތިލް ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ޔާމީންގެ ޤާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.
ކޯޓުތަކުގެ ހުކުމްތަކާއިމެދު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި، ވާދަވެރި ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފެދޭ މައުގަނޑު މައްސަލައަކީ ޖޭއެސްސީ ނުފޫޒުގެ ތެރޭގައި އޮތުންކަމަށް އުޝާމް ވިދާޅުވިއެވެ. ޖޭއެސްސީގައި ސިޔާސީ މީހުން ތިއްބަވައިގެން ނުފޫޒު ފޯރުވާހާ ހިނދަކު މިނިވަން ކަމާއިއެކު ޝަރީއަތްތައް ހިނގާދާނެކަމަށް ގަބޫލު ކުރުމުގެ ޖާގަ ކުޑަކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
އެއްބަޔަކަށް ހަލާލު ހުކުމް އަބަދުވެސް މިއޮންނަނީ އަނެއް ބަޔަކަށް ހަރާމް ހުކުމަކަށް ވެފައި. އަސްލު މައްސަލައަކީ ޖުޑީޝަރީއަށް އިތުބާރުނެތުން. އިތުބާރު ނޯންނަނީ JSC އަށް ނުފޫޒު ފޯރުވުމަށް ސިޔާސީ މީހުން ތިބޭތީ. މިމައްސަލައަށް ހައްލު ނުހޯދާ ހިނދެއްގަ ކޯޓުގެ ހުކުމްތަކަށް ޝައްކުކުރާނެ.
– އުޝާމް ވިދާޅުވިއެވެ.
ޖޭއެސްސީ މިނިވަން ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން އަންނަ ދައުރުގައި ރައްޔިތުން މަޖިލީހަށް ހުށައަޅުއްވަން މަސައްކަތް ކުރަވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެންމެ ފަހުން ބޭއްވި ޕްރެސްގައި ވިދާޅުވެފައެވެ. ވެރިކަމުގެ ދައުރު ހަމަވާން އަހަރަކަށް ވެފައިވާއިރުވެސް ޖޭއެސްސީ އިސްލާހު ނުވެ އޮތުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އޮތްކަމެކެވެ.
ޖޭއެސްސީއަށް ފެންނަ ގެންނަ އިސްލާހުތަކާއި ގުޅޭ ގޮތުން އާންމުންނަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 115 މީހުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފައެވެ. އޭގެ ތެރެއިން 91.3 އިންސައްތަ މީހުން ވަނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެމީހުން އެގޮތަށް ދެކޭ މައިގަނޑު 3 ސަބަބެއްވެއެވެ. ފުރަތަމަކަމަކީ ޖޭއެސްސީގެ ބައެއް މެމްބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް ވުމުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑުވުމެވެ. ދެވަނަ ކަމަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ދައުރު ބޮޑުވުމެވެ. އަދި ފަނޑިޔާރުން ބިރުވެރިކަމެއްގައި ތިބި ކަމަށް ވެސް އާންމުން ޤަބޫލުކުރެއެވެ. ޢާންމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބަންޑާރަ ނައިބު ޖޭއެސްސީގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
އޭޖީ އޮފީހުން ކޯޓުތަކާއި، ގާނޫނީ ވަކީލުންނާއި ވެސް ބައްދަލުކޮށް މަޝްވަރާތައްކޮށްފައިވާއިރު، އެ ބައްދަލުވުންތަކުގައިވެސް މިކަން ފާހަގަވެފައިވާކަން އޭޖީ އޮފީހުން އާންމުކުރި ކަރުދާހުގައި ވެއެވެ. މި މަޝްވަރާތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ކޯޓުން ވަނީ ޖޭއެސްސީގެ މެމްބަރުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެކަމަށް އެކަށީގެންވާ އުސޫލެއް ބޭނުންވާކަން ބަޔާންކޮށްފައެވެ.
3 Responses
އަޅުގަންޑުދައްނަވާނީ.ޖޭއިސްސީއަށްއިތުބާރުކުރާނީކިހިނެއްތޯއޭއެތާގަތިއްބަވާ.ބައެއްއިސްވެރިއްތިބީ.ދުނިޔެވީހަޔާތައްގެއްލިހަލާކުވެފަ.އެފަދަފަޑިޔާރުއްގެސަބަބުއްމުނިޖުޑިސަރީގެއަގުވެއްޓިއްޖެނިކައްވިސްނާފިކުރުކޮއްބަލަ.ރައިސްސޯލިހުވެރިކަމައްއައީޖުޑުސަރީމިނިވަށްކުރަޢް.ވައުދުވެގެއްއެކަމަކުވީކިހިނެއްރިޔާސީއިންތިހާބުވަގައްނެގީންސުރެޢްމިހާތަނައްމިސަރުކާރުކުރާމަސެއްކަތަކީފަޑިޔާރުއްނައްފާސާގޮތުއްމިލިޔަނުއްމިލިޔަނުފާސާގެހަދިޔާދިނުއް)ނުވަތައެހަދިޔާގަބޫލުނުކުރާފަޑިޔާރުއްނަސާއިއެފަޑިޔާރުއްގެއަބިދަރިއްނައްބިރުދައްކާމަރުގެއިންޒާރުދިނުއް.މިގޮތައްމިސަރުކާރުއްކަންތައްނުކުރާނަމަ)ލިލާތުކުރިމިހުނާއި.ދީނައްފުރަޢްސާރަކުރިމީހުނާއި)މީހުއްމަރާމީހުއްނަސާއި)))
ޖޭއެސްއީޤެއަގުވައްޓާލާރައިސްސޯލިހު.ޖުޑިސަރީއަށްކުރާއިތުބާރާގަދަރުކަޑާއެތަނުގެހުރުމަތއިންސާފުއްއެއްކިބާކުރީހަމަރައސްސޯލިހުއެބޭފުޅާއަށްވަރަތްމަޖާކަމަކައްވަނީލިލާތުކުރުމާއެއްޖިއްސުއް)ކާވެނިކުރުމާއިސްލާމްދީނައްފުރައްސާރަކުމާމީހުއްމެރުމާފަޑިޔާރުއްނައްމަރުގެއިންޒާދީގެއްމިލިއަނުއްމިލިއަނުއްރިސްވަތުދިނުމާއިފަޑިޔާރުއްލަޢްވާހަރާމްހުކުއްކުރުމަކީރައިސްސޯލިހުއަށްލިބޭއުފަލެއް.އަޅުގަނޑުބުނާނީކުރީގެރަސްކަންކުރިބޭފުޅުއްފެސިގެމިހިސާބަޣްއާއިރު)ރައިސްސޯލިހައްވުރެއްމަކަރުގަދަހީލަޢްތެރި)ނުބާނުލަގައްދާވެރިއެއްމުޅިހަޔާތުގފ
އަޅުގަންޑުދައްނަވާނީ.ޖޭއިސްސީއަށްއިތުބާރުކުރާނީކިހިނެއްތޯއޭއެތާގަތިއްބަވާ.ބައެއްއިސްވެރިއްތިބީ.ދުނިޔެވީހަޔާތައްގެއްލިހަލާކުވެފަ.އެފަދަފަޑިޔާރުއްގެސަބަބުއްމުނިޖުޑިސަރީގެއަގުވެއްޓިއްޖެނިކައްވިސްނާފިކުރުކޮއްބަލަ.ރައިސްސޯލިހުވެރިކަމައްއައީޖުޑުސަރީމިނިވަށްކުރަޢް.ވައުދުވެގެއްއެކަމަކުވީކިހިނެއްރިޔާސީއިންތިހާބުވަގައްނެގީންސުރެޢްމިހާތަނައްމިސަރުކާރުކުރާމަސެއްކަތަކީފަޑިޔާރުއްނައްފާސާގޮތުއްމިލިޔަނުއްމިލިޔަނުފާސާގެހަދިޔާދިނުއް)ނުވަތައެހަދިޔާގަބޫލުނުކުރާފަޑިޔާރުއްނަސާއިއެފަޑިޔާރުއްގެއަބިދަރިއްނައްބިރުދައްކާމަރުގެއިންޒާރުދިނުއް.މިގޮތައްމިސަރުކާރުއްކަންތައްނުކުރާނަމަ)ލިލާތުކުރިމިހުނާއި.ދީނައްފުރަޢްސާރަކުރިމީހުނާއި)މީހުއްމަރާމީހުއްނަސާއި)))