ލ. ގަމުގެ މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.
މި މަޝްރޫޢުގެ ދަށުން، ލ. ގަމުގެ 4.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.
ލ.ގަން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯރޕަރޭޝަން އާ ހަވާލުކޮށްފި.
104،040،237.65 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/E24Lj4I2j5
— Min.of National Planning, Housing & Infrastructure (@MoNPHImv) December 29, 2022
ގަމުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 600 (އެއް އަހަރާއި 6 މަސް ދުވަސް) ގެ ތެރޭގައި ނިންމާގޮތަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢަށް 104 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ