މޭގަން ފޮކްސް އާއި އެކުގައި 365 ޑޭސްގެ އެކްޓަރުގެ ފިލްމްއެއް

މޭގަން ފޮކްސް އާއި އެކުގައި 365 ޑޭސްގެ އެކްޓަރުގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
31 ޑިސެމްބަރ 2022 08:36
0

"ޓްރާންސްފޯމާސް" އިން މަޝްހޫރުކަން ހޯދި ބަތަލާ މޭގަން ފޮކްސް އާއި "365 ޑޭޒްސް"ކުޅެގެން ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އެކްޓަރު މިޝޭލް މޮރޯން ފިލްމެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

"365 ޑޭސްގެ" މަގުބޫލު ކަމާއި އެކުގައި ފިލްމްގެ ޕްރޮޑިއުސްރުން ވަނީ "365 ޑޭސް: ދިސް ޑޭ" އާއި "ދަ ނެކްސްޓް 365 ޑޭސް" ގެ ނަމުގައި މި ސިލްސިލާގެ ދަށުން ފިލްްމ ނެރެފައިއެވެ. މި ފިލްމް ތަކަކީ ވަރަށް ރޮމޭންޓިކް އަދި އެހާމެ ގައިގޯޅި މަންޒަރުތަށްވެސް ހިމެނޭ ފިލްމް ތަކެކެވެ.

އިޓަލީއަށް އުފަން 32 އަހަރުގެ އެކްޓަރު އާއި މޭގަން ފެނިގެންދާނީ މިލޭނިއަމް މީޑިއާގެ ސައި-ފައި ތްރިލާއެއް ކަމުގައިވާ "ސަބްސާވިއަންސް" އިންނެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ އެސްކޭ ޑޭލް އެވެ. އަދި ސްކްރިޕްޓް ލިޔާނީ ވިލް ހޯންލީ އާއި އޭޕްރިލް މެގުއަ އެވެ.

"ސަބްސާވިއަންސް"ގައި މިޝޭލް މޮރޯންގެ ކެރެކްޓާ އަކީ ސްޓަރަގަލް ކުރާ ބައްޕަ އެކެވެ. އަދި ގޭތެރޭގެ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމުގެ ގޮތުން ޑޮމެސްޓިކް ސިމް (މޭގަން) ގަނެ އެވެ. މި ސިމްއަށް ކަންތައްތައް އެނގި ނުރައްކާތެރިވެ އެވެ. މި ފިލްމުން މޭގަންގެ މުޅިން އެހެން ފަރާތެއް ފެންނާނެ ކަމަށް މިލޭނިއަމް މީޑިއާ އިން ބުންޏެވެ.

 

View this post on Instagram

 

A post shared by Megan Fox (@meganfox)

މޭގަންގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި އެލިއަޓް ޕޭޖް، ޖެރާޑް ބަޓްލާ އާއި ކޭޓް ވިންސްލެޓްއާ އެކު ކުޅުނު "ނާޔާ ލެޖެންޑް އޮފް ދަ ގޯލްޑަން ޑޯލްފިން" އާއި ސިލްވެސްޓާ ސްޓެލޯން އާއި ޖޭސަން ސްޓޭތަމްއާ އެކު "ދި އެކްސްޕެންޑަބަލްސް 4″ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.