އާސަންދަ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކޮށްފި

އާސަންދަ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކޮށްފި

ގުޅުންހުރި

އާސަންދަ ކުންފުނީގެ 11 ވަނަ އަހަރީދުވަސް ފާހަގަކޮށްފިއެވެ.

މި ދުވަހުގެ މުނަސަބަތުގައި އިއްޔެ ހަވީރު ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އާއިޝަތު މުހައްމަދުދީދީ، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއީލް އައްޒާމް ވަޖީހް، އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤް، އާސަންދަ ކުންފުނީގެ ބޯޑުގެ ޗެއަރމަން ނިޔާޒު މުހައްމަދު، ބޯޑުގެ އެހެން މެމްބަރުން، ކުންފުނީގެ އެގްޒެކެޓިވް އަދި ސީނިއަރ މެނޭޖްމެންޓް މެމްބަރުން އަދި ކުންފުނީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާނު މިނިސްޓަރ އަމީރާއި ޖެންޑަރ މިނިސްޓަރ އާއިޝަތު ވަނީ އާސަންދަ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ދިވެހި ރައްޔިތުންނަށް އާސަންދަ ޚިދުމަތްތައް ދިނުމަށް ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ސްކީމްގެ ދަށުން ދެމުން އަންނަ ޚިދުމަތްތަކާ ގުޅިގެން ކުރެވޭ ޚަރަދުތައް ކޮންޓްރޯލްކޮށް އިސްރާފު ކުޑަކުރެވޭނެ ގޮތްތައް ހޯދުމުގެ މުހިއްމުކަން ދެބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޖަލްސާގައި ކުންފުނީގެ ބޯޑުގެ ޗެއަރމަން ނިޔާޒު އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އައްޒާމް ދެއްކެވި ވާހަކަފުޅުގައިވަނީ ކުންފުނީގެ ކުރިމަގަށް ވިސްނާ މެނޭޖްމަންޓުން ރާވާފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުންފުނީގެ އޮފީސްތައް ހިންގުމަށް އަމިއްލަ އިމާރާތެއް އެޅުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރިއަށްދާކަން ވަނީ ހާމަކުރައްވާފައެވެ. އަދި ވަރަށް އަވަހަށް މި އިމާރާތް އެޅުމުގެ އަމަލީ މަސައްކަތާހަމަޔަށް ވާސިލުވެވޭނެކަމުގެ އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދުވަނީ ކުންފުނީގެ މަސައްކަތްތަކަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ ރައީސް ޞާލިޙަށް ޝުކުރު ދަންނަވާފައެވެ. އަދި ކުންފުނީގެ މަސައްކަތްތަކުގައި ސަރުކާރުގެ އެކި އެކި އިދާރާތަކުން ދެއްވާ އެހިތެރިކަމާ އެއްބާރުލުންވެސް ޑީއެމްޑީ ރަޝީދުވަނީ ފާހަގަކުރައްވާފައެވެ.

އިއްޔެގެ ޖަލްސާގައި ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދިގުމުއްދަތަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީލޔުމާއި ޕްލާކް ހަވާލުކޮށްދެއްވީ މިނިސްޓަރ އަމީރާއި މިނިސްޓަރ އާއިޝަތެވެ.

ކާމިޔާބުކަމައެކު 11 ވަނަ އަހަރެއް ނިންމާލެވުނުއިރު، އާސަންދަ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދިވެހި ރައްޔިތުންނަށް ކުންފުނިން ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެވެސް ހަލުވިކޮށް ފަސޭހަކޮށްދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ