"ރަޝް އަވާ" ގެ 4 ވަނަ ބައެއް އުފައްދަނީ

"ރަޝް އަވާ" ގެ 4 ވަނަ ބައެއް އުފައްދަނީ

Author
ފާތިމަތު ނާވީ
17 ޑިސެމްބަރ 2022 07:32
0

ޖެކީ ޗެން އާއި ކްރިސް ޓަކާގެ މަޝްހޫރު އެކްޝަން ކޮމެޑީ "ރަޝް އަވާ"ގެ 4 ވަނަ ބައި އުފައްދާނެކަމުގެ އިޝާރާތެއް ދީފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ ދެވަނަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވާހަކަ ދައްކަމުން ހޮންކޮންގަށް އުފަން 63 އަހަރުގެ އެކްޓަރު ބުނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ނިމިފައި ވާކަމަށެވެ. އަދި އެ ފިލްމު ހަދާނެ ޑައިރެކްޓަރާވެސް ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ޖެކީ ޗަން ބުންޏެވެ.

ފިލްްމް ހަދަން ހަވާލު ކުރާ ޑައިރެކްޓަރެއް އަދި ފިލްމް އަޅުވާނެ ތާރިހެއް ނުވަތަ ފިލްްމް ގެޝޫޓީން ފަށާނެ އިރެއްވެސް އޭނާ ނުބުނެއެވެ. ނަމަވެސް "ރަޝް އަވާ 4″ ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ދޭކަމަށް އޭނާ ބުންޏެވެ.

މި އެކްޝަން-ކޮމެޑީގެ 3 ފިލްމު ވެސް ޑައިރެކްޓްކުރީ ބްރެޓް ރަޓްނާއެވެ. 1998 ވަނަ އަހަރު ގެނެސްދިން "ރަޝް އަވާ" ގެ 2 ވަނަ ބައި ގެނެސްދިނީ 2001 ވަނަ އަހަރުއެވެ. އަދި 3 ވަނަ ބައި ރިލީޒްކުރީ 2007 ވަނަ އަހަރުއެވެ.

ބްރެޓް ރަޓްނާ ޑައިރެކްޓް ކުރި މި ފްރެންޗައިޒްގެ ތިން ވަނަ ފިލްމަށް ބޮކްސް އޮފީހުގައި 258 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.