’އައިޓަމް ސޯންގް' ކުޅެގެން މަޝަހޫރުކަން ހޯދައިފާއިވާ ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ގެ ރިއަލިޓީ ޝޯވ "މޫވިން އިން ވިތު މަލައިކާ" މާދަމާ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާނެއެވެ.
މަލައިކާގެ އިންސްޓްގްރާމްގައި އޭނާ އަންނަނީ ކައުންޑައުންވެސް ޖައްސަމުންނެވެ. މަލައިކާގެ ޝޯވ ގައި އޭނާ ހަޔާތުގައި ހިނގާފައި އަދި ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކާނެއެވެ. އަދި އިންޑަސްޓްރީގެ އޭނާގެ ގާތް މީހުންނާއި އާއިލާގެ މީހުންވެސް ބައިވެރި ވާނެއެވެ.
މަލައިކާގެ ދިރިއުޅުން ދައްކުވައިދޭ މި ޝޯވ އަކީ ބަނިޖޭ އޭޝިއާ އިން ޕްރޮޑިއުސްކުރާ އެއްޗެކެވެ. ޝޯވގައި ގެސްޓް އެޕިއަރެންސްގެ ގޮތުގައި މަލައިކާގެ އާއިލާގެ މީހުންނާއި ރައްޓެހިންވެސް ފެންނާނެއެވެ. މީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް މަލައިކާ ބުނީ މި ޝޯގައި އޭނަގެ ހަޔާތާ ބެހޭ ވަރަށް ގިނަ ކަންކަން ވަރަށް ގާތުން އަދި ޒާތީ ވަރަށް ގިނަ ކަންކަން ވެސް ފެނިގެން ދާނެ ކަމަށެވެ.
އަސްލު މަލައިކާ ބަލައިލަން ބޭނުން އަދި ގޮސިޕް ބޭނުން މީހުންނަށް މި ޝޯވ ވެގެން ދާނީ އެއްވަނައިގެ ޝޯވ އަކަށް ކަމަށް އޭނާ އަންނަނީ ޕްރޮމޯޝަން ތަކުގަިއ ބުނަމުންނެވެ. މި ޝޯވ ގެ އެންމެ ހާއްސަ އެއް ކަމަކަށް ފެނިގެންދާނީ އޭނާގެ ކުރީގެ ފިރިމީހާ އަދި މިހާރުގެ ލޯބިވެރިޔާ މި ޝޯވ އިން ފެނިގެން ދިއުމެވެ.
މަލައިކާގެ ވެބް ޝޯއެއް ގެނެސްދޭން ނިންމިކަން އިއުލާންކޮށްފައި މި ވަނީ އޭނަ އާއި ކޮއްކޮ އަދި ކުރީގެ ބަތަލާ އަމްރިތާ އަރޯރާގެ ލައިސްޓައިލް ދައްކުވައިދޭ ޝޯއެއް "އަރޯރާ ސިސްޓާސް" ގެ ނަމުގައި ގެނެސްދޭން އުޅޭ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
މިހާރު އުމުރުން 49 އަހަރުގެ މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2017 ގައި ރޫޅައިލި އިރު ލިބިފައިވާ ދަރިފުޅަކީ މިހާރު އުމުރުން 20 އަހަރުގެ އަރްހާން ޚާނެވެ.