ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަ ދަނީ ކުރިޔަށް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަ ދަނީ ކުރިޔަށް

Author
ހުސެއިން
17 ނޮވެމްބަރ 2022 06:37
0

ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންވި އިރު، ރާއްޖޭގެ %70 ރަށުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މައްސައްކަތް ފެށިފައި ނުވާކަމަށާއި، އެހެންނަވެސް ފާއިތުވެދިޔަ 4 އަހަރު ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ފެށިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ފާއިތުވެދިޔަ 4 އަހަރު ކާމިޔާބީތަކާއި ބެހޭ މައުލޫމާތު ހާމަ ކުރަައްވަމުން މިއުވާން ވިދާޅުވެފައިވަނީ، މި ސަރުކާރުންވަނީ މިހާތަނަށް 135 ރަށެއްގައި ފެނާއި، 95 ރަށެއްގައި ނަރުދަމާގެ މަޝްރޫޢުތައް ފަށާފައި ކަމުގައެވެ. މީގެ ތެރެއިން 11 ރަށެއްގެ ފެނާއި، 11 ރަށެއްގެ ނަރުދަމާގެ މަޝްރޫޢުތައްވަނީ މުޅިން ނިމިފައި ވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

5 އަހަރުގެ ދައުރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

ހަމަހަމަ 4 ގެ ނަމުގައި ސަރުކާރުން ދަނީ، ރައީސް ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން މި ސަރުކާރުގެ ކާމިޔާބީތައް ސޯޝަލް މީޑިއާގައި ހާމަ ކުރަމުންނެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވެފައިވަނީ، ރައީސް ސާލިހު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ދައުރު ނިމުމުގެ ކުރިން ފުއްދަވާ ދެއްވާނޭކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.