އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" ފަށައިފި

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" ފަށައިފި

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2022 09:22
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ 2022″ ފަށައިފިއެވެ.

މި ޕްރޮމޯޝަން އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރު ގެ ނިޔަލަށެވެ.

މިއީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓުތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއާރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބެޑާ ފައިބަރު ސާމާނު، މަރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްތަކެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެއެވެ. މީގެ އިތުރުން މުޅި ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 35 ހޯސްޕަވަރުގެ 4JHYE މޮޑެލްގެ އިންޖީނެއް ލިބޭނެއެވެ.

"ކަށަވަރު ޕްރޮމޯ 2022″ ޓާގެޓް ކުރަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖީނިއަރުންނާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސެކްޓަރުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރާއި ހުޅުމާލެ އާއި ވިލިމާލެ، އަދި ތިލަފުށީގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި، ރ. އަލިފުއްޓާއި ރ. ވާދޫ އާއި ތ. ހިރިލަންދޫ އާއި ދ. ކުޑަހުވަދޫ، އަދި އއ. އުކުޅަހަށް ވެސް ޒިޔާރަތްކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.