ސުޕަރމޭންގެ ރޯލު އަލުން ކެވިލް ކުޅެނީ

ސުޕަރމޭންގެ ރޯލު އަލުން ކެވިލް ކުޅެނީ

Author
ފާތިމަތު ނާވީ
28 އޮކްޓޯބަރ 2022 02:11
0

2013 ވަނަ އަހަރު ގެނެސްދިން ހޮލީވުޑްގެ ކާމިޔާބު ފިލްމު "މޭން އޮފް ސްޓީލް" ގައި ސުޕަމޭންގެ ރޯލު ކުޅެގެން އާންމުންގެ ލޯބި ހޯދި އެކްޓަރު ހެންރީ ކެވިލް އަނެއްކާ އެ ރޯލު ކުޅެން އުޅޭކަން ކަށަވަރު ކޮށްދީފިއެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ސުޕަމޭންގެ ރޯލުން އަންނަން އުޅޭކަން ކަށަވަރުކޮށް ދީފައި މި ވަނީ، ޑީސީ ފިލްމްސް އިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑްވޭން ޖޯންސަން (ރޮކް) ގެ "ބްލެކް އެޑަމް"ގެ ކްލައިމެކްސްގައި ސުޕަމޭންގެ ގޮތުގައި ކެވިލްގެ ކެމިއޯއެއް ވެސް ގެނެސްދީފައި ވަނިކޮށެވެ.

އިންސްޓަގްރާމް ޕޯސްޓްގައި އެ ރޯލުން ކެވިލް ފެންނާނެކަމުގެ އިންތިޒާރުގައި ތިބި ފޭނުންނަށް ކެވިލް ވަނީ ޝުކުރު ވެސް އަދާކޮށްފައެވެ. އަދި ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Henry Cavill (@henrycavill)

ސުޕަރމޭންގެ ކެރެކްޓާ މީގެކުރިން އެހެން ފިލްމުތަކުގައި ވެސް ކެވިލް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ޑައިރެކްޓަރ "ޖެކް ސްނައިޑާސް ޖަސްޓިސް ލީގް" ގެ އިތުރުން 2017 ގެ "ޖަސްޓިސް ލީގް" ގައި ވެސް ހެންރީގެ ސުޕަމޭން ކެރެކްޓާ އެކްސްޓެންޑެޑް ކެމިއޯއެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.

 

View this post on Instagram

 

A post shared by Henry Cavill (@henrycavill)

ސުޕަރމޭން ކެރެކްޓަރ އިން އަލުން އެނބުރި އަންނަކަން އުމުރުން 39 އަހަަރުގެ ކެވިލް ކަށަވަރު ކޮށްދިން ނަމަވެސް ދެން ފެންނާނެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.