ނޭކުރެންދޫ ޖަލާއެކު ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް އަންނާނެ: ޢިމްރާން

ނޭކުރެންދޫ ޖަލާއެކު ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް އަންނާނެ: ޢިމްރާން

Author
މުޙައްމަދު ޖިމީ
08 އޮކްޓޯބަރ 2022 06:59
0

ހދ. ނޭކުރެންދޫގައި ތަރައްޤީކުރާ ޖަލާއެކު ރާއްޖޭގެ ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް އަންނާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

ނޭކުރެންދޫ ޖަލުގެ މަސައްކަތް ކުރުމަށް  ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ، ނޭކުރެންދޫގައި ޖަލު އެޅުމަކީ ކުށްތަކަށް އަރައިގަންނަ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތްތަކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ނޭކުރެންދޫ ޖަލުގެ ތެރެއިން އިންޑަސްޓްރިއަލް މަސައްކަތްތައް ދަސްކޮށްދެވިގެންދާނެކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ ޖަލުގެ މުހިއްމު މަަސައްކަތްތަކެއް ކުރަން ފަށާނެކަމަށެވެ.

މިގޮތުން މިހާރު އެ ޖަލުގެ ކޮންސެޕްޓާއި ޑިޒައިންގެ މަސައްކަތްތައް ނިންމާލާފައިވާކަމަށާއި ޖަލުގެ މަސައްކަތް ނިމުމާއެކު މަަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނެސް ކުށުގެ ވެއްޓަަށް ބޮޑު ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޭކުރެންދޫ ޖަލުގެ މަސައްކަތުގެ ދަށުން މިދައުރުގައި ކުރިއަށްދާނީ ވަށާފާރު ރޭނުމުގެ މަސައްކަތްކަމަށް މިނިސްޓަރ ޢިމްރާން މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ދައުރުގައި ޖަލުގެ މަސައްކަތް ނުނިމޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެ ކަނބާ
އަނެއްކާ ލާރިގަނޑެއް ބަޑުއަޅަންވެގެން ސޭކު އިމްރާން އެރާވަނީ... އޭނަ ކައިރީ އަހާބަކަ އޭނަ އެހުރީ ހަމާގައިތޯ ފުރަމާލޭގައި ދަރުމަވަންތަ ސްކޫލާއި ޖެހިގެން ހުރީ ޖަލު މީތޯ މީނާގެ ފެންވަރު..