ގޭތެރޭ ކުޅެން އިން ކުޑަކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ގޭތެރޭ ކުޅެން އިން ކުޑަކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2022 08:39
0

ގދ. ތިނަދޫގައި ގޭތެރޭ ކުޅެން އިން ކުޑަކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އިއްޔެ މެންދުރެއްހާ އިރު ނިޔާވެފައި ވަނީ ތިނަދޫ/ ހަވާނާ، އިސްމާއިލް ނަފްހާ ބިން ނާސިހް، 10އ. އެވެ. ނިޔާވި ކުއްޖާއަކީ ކުރިން ވެސް ފިޓް ޖެހިގެން ފަރުވާ ހޯދަމުން އައި ކުއްޖެއް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ގޭތެރޭގައި ކުޅެން އިންދާ ކުއްލި އަކަށް ވެއްޓި، ފިޓް ޖެހިގެން ފެންނަ އަލާމާތްތަކެއް ފެނިގެން ކަމަށް އާއިލާއިން މައުލޫމާތު ދިން ކަމަށެވެ. ކުއްޖާ ނިޔާވީވެސް ފިޓް ޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ވިންދެއް ނެތް ކަމަށް ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ. ކުއްޖާގެ ޖަނާޒާ އިއްޔެ ވަނީ ބާއްވާފައެވެ.

ރާއްޖޭގައި މިފަހުން ކުއްލި މަރުތައް އިތުރުވަމުންދާއިރު، މިކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. ނަމަވެސް މިކަމުގައި ކަމާއި ހެލްތު މިނިސްޓްރީއާއި، ކަމައި ގުޅުންހުރި އިދާރާތަކުން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.