މަޝްހޫރު ދީނީ އިލްމުވެރިޔާ ގަރްޟަވީގެ މައްޗަށް މާދަމާ ރާއްޖޭގައި ކަށުނަމާދު ކުރަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ގަރްޟަވީގެ މައްޗަށް މާދަމާ ރާއްޖޭގައި ކަށުނަމާދު ކުރަނީ

Author
ހުސެއިން
29 ސެޕްޓެމްބަރ 2022 07:38
0

މި ހަފްތާގައި އަވަހާރަ ވެފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފުލް ގަރްޟަވީގެ މައްޗަށް އައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އުމުރުން 96 އަހަރުފުޅުގައި އަވަހާރަވި ގަރުޟާވީއަކީ މިސްރުގައި މަނާކޮށްފައިވާ މުސްލިމް ބްރަދަރހޫޑްގެ ލީޑަރެވެ. މީގެ އިތުރުން ގަރްޟަވީއަކީ ކުރިން އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާރސްގެ ޗެއަރމަންވެސް މެއެވެ. 2004 ވަނަ އަހަރު އުފެއްވި މި ޔޫނިއަންގެ ޗެއަރމަންކަން އޭނާވަނީ 14 އަހަރު ކުރައްވާފައެވެ.

1928ވަނަ އަހަރު މިސްރުގައި އުފެއްދި މުސްލިމް ބްރަދަރހުޑްއަކީ 20 ވަނަ ގަރުނުގެ މެދުތެރޭގައި މިސްރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕާޓީއެވެ. އެހެންނަމަވެސް ކައިރޯއިންވަނީ 2013ވަނަ އަހަރު އެ ޖަމާއަތް ބްލެކް ލިސްޓު ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ، މާދަމާގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ގަރްޟަވީގެ މައްޗަށް އައިބަށް ކުރެވޭ ކަށުނަމާދު ކުރުން އޮންނާނޭ ކަމުގައެވެ.

މިސްރަށް އުފަންވެ ވަޑައިގަތް ގަރްޟަވީ މިސްރު ދޫކުރައްވާ ގަތަރަށް ހިޖުރަ ކުރެއްވީ 2013ވަނަ އަަހަރުއެވެ. އެއަށްފަހު އަހާރަވުމާއި ހަމައަށް އޭނާ އެބުރި މިސްރަށް ވަޑައިގެންފައެއް ނުވެއެވެ. ފަހުން ގަރްޟަވީގެ ވަނީ ގަތަރުގެ ރައްޔިތަކަށް ވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.