ޖޯނީ ޑެޕާއި އެމްބާ ހާޑްގެ މައްސަލަގަނޑަށް ހެދި ފިލްމުގެ ޓްރެއިލާއެއް!

ޖޯނީ ޑެޕާއި އެމްބާ ހާޑްގެ މައްސަލަގަނޑަށް ހެދި ފިލްމުގެ ޓްރެއިލާއެއް!

Author
ފާތިމަތު ނާވީ
30 ސެޕްޓެމްބަރ 2022 04:17
0

ހޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ޖޯނީ ޑެޕާއި އެމްބާ ހާޑްގެ ކޯޓު މައްސަލަގަނޑުގެ މައްޗަށް ހެދި ފިލްމުގެ ޓްރެއިލާ އެއް ބެލުންތެރިނަށް ދައްކާލައިފިއެވެ.

އާންމުން ބޮޑު ޑްރާމާގަނޑަކަށް ހަދައި ޖޯކުޖެހި، ޖޯނީ ޑެޕާއި އޭނާގެ ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑް ދާދި ފަހުން ކޯޅުނު ކޯޓް މައްސަލަގަނޑަށް ހަދާ ވެބް ފިލްމުގެ ނަމަކީ "ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރައިލް" އެވެ.

މިއަދު ފޮކްސްގެ ޓިއުބީ ސްޓްރީމިން ޕްލެޓްފޯމުން ފްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ދައްކުވައި ދެނީ ހަ ހަފުތާއަށް ދެމިގެން ދިޔަ ކޯޓު މައްސަލަގަނޑެވެ.

ޑެޕްގެ ވަކީލު ކެމިލް ވަސްކޭޒްގެ ރޯލުން ފެންނާނީ "ސްޓޭޝަން 19″ ގެ ތަރި މެލިސާ މާޓީ އެވެ. އެމްބާގެ ވަކީލު އިލިއަން ބްރެޑްހޯފްޓްގެ ރޯލުން ފެންނާނީ "ލޯ އެންޑް އޯޑާ ޓްރޫ ކްރައިމް" ގެ ތަރި މެރީ ކެރިގްއެވެ.

 

View this post on Instagram

 

A post shared by Megan Davis (@meggydavis)

ޑެޕަށް ކާމިޔާބުވި އެ ކޯޓު ކޭހަކީ ވަރީގެ ސަބަބަކަށް ގެވެށިއަނިޔާގެ ތުހުމަތުކޮށް، ޑެޕްގެ ބޮލުގައި އަސާސެއް ނެތް ތުހުމަތުތަކެއް އެޅުވުމުން އެކަމާ ގުޅިގެން ހާޑަށް ޑެފްކުރި އަބުރުގެ ދައުވާއެވެ.

 

View this post on Instagram

 

A post shared by Mark Hapka (@markhapka)

އެމްބާ އާއި ޑެޕް އެކުގައި ކުޅުނު ފިލްމު "ދަ ރަމް ޑައިރީ" ގެ ސެޓުން 2011 ވަނަ އަހަރު ރައްޓެހިވެ، ދެ ތަރިން ކައިވެނި ކުރީ 2015 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.