ބުރާސްފަތި ދުވަހު ރައީްސ ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ

ބުރާސްފަތި ދުވަހު ރައީްސ ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2022 05:32
0

މިހަފްތާގެ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދ.ކުޑަވަދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅަކީ ކުޑަހުވަދޫގެ ރައްޔިތުންނާއި، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރެކެވެ. މިޖަލްސާއަށް ކުޑަހުވަދޫއިން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިއީ އެމަނިކުފާނުގެ ވެރިކަމަށްފަހު ކުޑަހުވަދޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އަދި މިއީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިފަހުން އަތޮޅު ތެރޭގެ ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ރަށެވެ. ކުޑަހުވަދޫއަށް ރައީސް ޔާމީން ކުރައްވާ ދަތުރުގައި ބްރާސްފަތި ދުވަހުގެރޭ އެރަށުގައި ބާއްވާ ބޮޑު ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ޕީޕީއެމްއަށް މެމަބަރުން އިތުރު ކުރުމާއި، ޕީޕީއެމްގެ ތާއީދު ކުޑަހުވަދޫގައި އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތަކެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.