ހޮލީވުޑް ތަރި ކިއާނޫ ރީވްސްގެ ސުޕަހީރޯ ހޮރޯ ފިލްމު "ކޮންސްޓަންޓައިން" ގެ ސީކުއަލްއެެއް ހަދަން ނިންމިކަން ކަށަވަރު ކޮށްދީފިއެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ކޮންސްޓަންޓެއިން" އަކީ ވޯނާ ބްރަދާސްއިން އުފެއްދި ފިލްމެކެވެ. ގާތްގަނޑަކަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން ހެދި "ކޮންސްޓެންޓައިން" އަކީ ބޮކްސް އޮފީހުގައި 230.9 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އޭގެ ކާސްޓްގައި ރެޗެކް ވެއިޒް، ޝިއާ، ލިބިއޯފް އަދި ޓިލްޑާ ސްވިންޓަން ފަދަ ތަރިން ހިމެނެއެވެ.
2005 ގައި ރިލީޒް ކުރި މި ފިލްމުގެ ދެވަނަ ބައެއްގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެފައި ވަނިކޮށް، ވޯނާ ބްރޮސް އިން ވަނީ "ކޮންސްޓަންޓައިން 2″ އަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ކިއާނޫއާ އެކީ ދެވަނަ ބައި ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ވެސް ގެނެސްދިން ފްރާންސިސް ލޯރެންސެވެ.
ހުނަރުވެރި ޑައިރެކްޓަރަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤުބޫލުވި "ހަންގާ ގޭމްސް" ފިލްމު ސީރީޒްގެ ވެސް ޑައިރެކްޓަރެވެ. "ކޮންސްޓަންޓައިން 2″ އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
58 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" އިންނެވެ.
ކޮމެންޓު ފޮނުވާ