ހޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ޖޯނީ ޑެޕާއި އެމްބާ ހާޑްގެ ކޯޓު މައްސަލަގަނޑުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އާންމުން ބޮޑު ޑްރާމާ ގަނޑަކަށް ހަދައި ޖޯކުޖެހި ޖޯނީ ޑެޕާއި އޭނާގެ ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑް ދާދި ފަހުން ކޯޅުނު ކޯޓް މައްސަލަގަނޑަށް ހަދާ ވެބް ފިލްމުގެ ނަމަކީ "ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރައިލް" އެވެ.
މި މަހުގެ 30 ގައި ފޮކްސްގެ ޓިއުބީ ސްޓްރީމިން ޕްލެޓްފޯމުން ފްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ދައްކުވައި ދެނީ ހަ ހަފުތާއަށް ދެމިގެން ދިޔަ ކޯޓް މައްސަލަނޑަށެވެ.
ޑެޕްގެ ވަކީލު ކެމިލް ވަސްކޭޒްގެ ރޯލުން ފެންނާނީ "ސްޓޭޝަން 19″ ގެ ތަރި މެލިސާ މާޓީ އެވެ. އެމްބާގެ ވަކީލު އިލިއަން ބްރެޑްހޯފްޓްގެ ރޯލުން ފެންނާނީ "ލޯ އެންޑް އޯޑާ ޓްރޫ ކްރައިމް" ގެ ތަރި މެރީ ކެރިގްއެވެ.
ޑެޕަށް ކާމިޔާބުވި އެ ކޯޓް ކޭހަކީ ވަރީގެ ސަބަބަކަށް ގެވެށިއަނިޔާގެ ތުހުމަތުކޮށް، ޑެޕްގެ ބޮލުގައި އަސާސެއް ނެތް ތުހުމަތުތަކެއް އެޅުވުމުން އެކަމާ ގުޅިގެން ހާޑަށް ޑެފްކުރި އަބުރުގެ ދައުވާއެވެ.
އެމްބާ އާއި ޑެޕް އެކުގައި ކުޅުނު ފިލްމު "ދަ ރަމް ޑައިރީ" ގެ ސެޓުން 2011 ވަނަ އަހަރު ރައްޓެހިވެ، ދެ ތަރިން ކައިވެނި ކުރީ 2015 ގައެވެ.
ކޮމެންޓު ފޮނުވާ