ބޮލީވުޑްގެ އެކްޓަރ އަޔުޝްމާން ކުރާނާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ ފެނިގެންދާ ފިލްމު "ޑްރީމް ގާލް 2″ ގެ ޓީޒާއެއް ބެލުން ތެރިންނަށް ދޫކޮށްލައިފިއެވެ.
އަންނަ އަހަރުގެ ޖޫން 29 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ މި ފިލްމަކީ 2019 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޑްރީމް ގާލް"ގެ ސީކުއެލް އެކެވެ.
އެ ފިލްމުގެ ލީޑުން ވެސް ފެނިގެންދިޔައީ އަޔުޝްމާން ކުރާނާއެވެ. ނަމަވެސް ލީޑް ބަތަލާ އަކަށް އެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ނުޝްރަތު ބަރޫޗާއެވެ.
ޑްރީމް ގާލްގެ ފުރަތަމަ ބަޔަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާން ފިރިހެނަކު އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ފިރިހެނުންނެއް ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.