ރައީސް ޔާމީނަކީ މަޝްވަރާ ކުރުމުގެ އަޚުލާގު ހުރި ބޭފުޅެއްނޫން: އިމްރާން

ރައީސް ޔާމީނަކީ މަޝްވަރާ ކުރުމުގެ އަޚުލާގު ހުރި ބޭފުޅެއްނޫން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2022 08:25
0

ކުރީގެ ރައީސް ޔާމީނަކީ މަޝްވާރެގެ އުސޫލުން ކަންކަން ކުރުމަށް ޖާގަ ދެއްވާ އަދި މަޝްވަރާގެ އުސޫލަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ނޫންކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިހާރުގެ ރައީސް ޞާލިހާއި ރައީސް ޞާލިހާއި ދެބޭފުޅުންގެ މަޝްވަރާގެ އުސޫލު އަޅާ ކިޔައި ކުރެއްވި ޓުވީޓެއްގައެވެ. އިމްރާން ވިދާޅުވީ ރައީސް ޞާލިހާއި އަޅާބަލައިރު ރައީސް ޔާމީނަކީ މަޝްވަރާގެ އަހުލާގު ނެތް މަޝްވަރާއާއި ދުރު ބޭފުޅެއްކަން ދެބޭފުޅުން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ހެކިވާނެކަމަށެވެ. ރައީސް ޞާލިހަކީ ކަންކަމުގައި މަޝްވަރާގެ އުސޫލުން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ބައެއް ބޭފުޅުންނަށް ޤަބޫލުފުޅު ކުރައްވަން ކިތަންމެ ދަތިފުޅުވިޔަސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަޚުލާގު ހުރިވަރާއި ގާތަށްވެސް ރައީސް ޔާމީންގެ ކިބައިގައި އެ އަޚުލާގު ނެތްކަން ދެބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެން ދަންނަ ހަގީގަތެއް.

– އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ރައީސް ޞާލިހުގެ ވެރިކަމުގެ ހަތަރު އަހަރު ފާއިތުވެގެންދިޔަ އިރުވެސް ކޯލިޝަން ދަމަހައްޓައި، މަޝްވަރާގެ އުސޫލުން ކަންކަން ކުރުމަށް ޖާގަދެއްވާތީ އެކަންކަމަށް ކޯލިޝަންގެ ބޭފުޅުން ތައުރީފް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރިޔާސީ އިންތިޚާބާއި ގާތްވަނުންދާ ވަރަކަށް އިމްރާންގެ ޓުވީޓުތައް ގިނަވަމުންދާއިރު ވެރިކަން ދެމެހެއްޓުމަށްޓަކައި އަދާލަތު ޕާޓީންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޯލިޝަން ސަރުކާރުގައި އަދާލަތު ޕާޓީން މުހިންމު ވުޒާރާތަކެއްގެ ވަޒީރުކަމާއި ގިނަ ވަޒީފާތަކެއް ފުރަމުންދާއިރު، ކުރިއަށް އޮތް ފަސް އަހަރުގައިވެސް މިވެރިކަން ނެތްކަމުގައިވާނަމަ މިފުރުސަތުތައް އެޕާޓީއަށް ގެއްލުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މިހާތަނަށް އެޕާޓީން ސީދާ ތާއިދު ކުރާނީ ކޮން ގޮތަކަށް ކަމެއް ނިންމާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަލަކާ
ބަލަ ފަހަރި ތިއީ ފިރެހެނެކެ ހަމަދެން ގަޔާވަނީތަ؟؟މިސަރުކާރަކީ ދީނައްފުރައްސާރަކުރާމީހިމާއައްކޮއް ބޭރުގާބަހައްޓާގެން އިބޫ ހަރަދުކުރޭ ފަހަރި ނުހައްގުންމުއްސަދި ؟؟
މ މުންޖިޗޭ
ކަމެއްކުރުން ނުދަންނަންޏާ އެކަކުގެ ކައިރީން އަނެކަކުގެ ކައިރީން އަހައިގެންނޫނީ ކުރާކަށް ނޭނގޭނެ. އެއީ އެނގުމާ ނޭގުމުގެ ތަފާތު.
ޥ ޥ
އިމުރާނުގެއސހުލާގުހުމިންވަރުއެގިގެންހިގައްޖެތަ ކީރިތިގުރުއާނާ ކީރިތިރަސޫލާޔާވިއްޔަސޯލިހުއއެއްހަމަކުރި ސޭހެންގެނަމުގާހުރެ އެއްމެދަށުދަރަޖާގެ މީބުންގެފެންވަރުގަތިމާގެއުޅުމާ ބަސްމަގުހުންނަނީ ވީމަކާކުފެންވަރެއްބަމިތާގަ މަތިވެފާދަށީ