އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން މުދިމަކު ސަސްޕެންޑްކޮށްފި

އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން މުދިމަކު ސަސްޕެންޑްކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2022 09:39
0

އައްޑޫ ބަހުން ހުކުރު ހުތުބާކީ މީދޫގެ މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑު ކޮށްފިއެވެ.

ސަސްޕެންޑްކުރީ މީދޫގެ ޚަތީބެެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުލް މަޖުދުއްދީނުގައި ހުކުރު ހުތުބާ ކީއިރު، އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެން ކިޔުމުންނެވެ.

އިސްލާމިކް މިނިސްޓްރީން މިކަމާއި ގުޅިގެން ވިދާޅުވީ ހުތުބާ ކިޔުމުގެ އުސޫލުގައި އޮންނަނީ، ހުތުބާ ކިޔަން ވާނީ މިނިސްޓްރީން ދޭ ހުތުބާ އަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ. އެކަމަކު އެ އުސޫލާ ހިލާފުވި ޚަތީބަކު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޚަތީބު ހުކުރު ހުތުބާ ކިޔާފައި ވަނީ ގުރުއާނާއި ހަދީސްތަކާއި އަދި އޭގެ މާނަ އަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެންނެވެ. އެ މައްސަލައާއި ގުޅިގެން އޭނާ ހުކުރު ކުރުމުން ސަސްޕެންޑް ކޮށްފައިވާއިރު، އައްޑޫގައި އޮންނަ ހުތުބާ ކޮމެޓީން ވެސް ވަނީ މިއަދު އޭނާގެ ބަޔާނެއް ނެގުމަށް މަސައްކަތް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާއަލިދީދި
ހުކުރަށް ދާ ބިދޭސީންނަށް ސާފުވާނީ ބަންގާޅު ބަހުން ކިޔާލި ނަމައެވެ. އައްޑޫ މީހުންނަކީ ހަމަ އިންގިލާބީ ބަޔަކީއެވެ.