އަނެއްކާ ވެސް ލިއޯ ސިންގަލް

އަނެއްކާ ވެސް ލިއޯ ސިންގަލް

Author
ފާތިމަތު ނާވީ
02 ސެޕްޓެމްބަރ 2022 04:07
0

"ޓައިޓޭނިކް" ފިލްމުން ވިދާލި އަދި އަންހެން ކުދިންގެ ހިތްތަކުގެ ރާޖާ ލިއެނާޑޯ ޑިކެޕްރިއޯ ހުރީ ސިންގަލްކޮށް ކަމަށް އިއުލާނުކޮށްފިއެވެ.

ލިއޯ ސިންގަލް ކަމަށް ބުނެފައިވަނީ އޭނާ ރަށްޓެހި ވެގެން އުޅުނު 25 އަހަރުގެ މޮޑެލް ކަމިލާ މޮރޯންއާ ރުޅި ވުމަށްފަހުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ ދެ މީހުން ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރެއްހާ ދުވަސް ފަހުން ރުޅިވި އިރު އެކުގައި އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 4 ގައި އެވެ.

ލިއޯ އާއި މޮރޯން ދިމާވެފައިވަނީ މޮރޯންގެ އުމުރުން 21 އަހަރުގައެވެ. އަދި އެއަށް ފަހު ދެ މީހުން 2019 ވަނަ އަހަރު ރަށްޓެހިވިއެވެ. އޭރު އުމުރުން 43 އަހަރުގެ ޑިކެޕްރިއޯ އާއި މޮރޯން އާ ދެމެދުގައި އުމުރުގެ ގޮތުން ބޮޑު ފަރަގެއް ހުރި ކަމަށް ބުނެ ގިނަ ބަޔަކު އައީ ފާޑު ކިޔަމުންނެވެ.

 

View this post on Instagram

 

A post shared by Just Jared (@justjared)

ކާމިޔާބު އެތައް ފިލްމެއް ކުޅެ، އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ 47 އަހަރުގެ ލިއެނާޑޯ އަކީ މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައިވާ ތަރިއެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.