6 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝާން

6 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝާން

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2022 03:41
0

ޖަރުމަނުވިލާތަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު، އިތުރު 6 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝާންއަށް ރުހުން ދޭން ފެންނަކަމަށް މަޖިލީހުން ފާސްވީ 49 މެންބަރުންގެ އިއްތިފާޤުންނެވެ.

ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަންކުރަން ނިންމަވާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށެވެ. ނޮންރެސިޑެންޓް ސަފީރުން އައްޔަން ކުރަނީ، އެމްބަސީތައް ގާއިމް ވެފައި ނުހުންނަ ޤައުމުތަކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަން ސަފީރުގެ މަޤާމަށް ޝާން އައްޔަން ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި، ޢާއިޝަތު ޝާން ޝާކިރު، ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.