ށ.ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތައް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓު ޕްރޮޖެކްޓް ސައިޓެއް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.
Third shipment of rock boulders required for Sh. Lhaimagu Harbor Development Project have been delivered to project site.#MTCCProjects #RayyithungeKunfuni pic.twitter.com/HckSSUoxVr
— MTCC Plc (@MTCCPlc) August 30, 2022
ޅައިމަގު ބަނދަރު މަޝްރޫޢުގެ ދަށުން 31000 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަޙާއްދެއްގެ ބޭރުތޮށި ލުމާއި 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓު ޖެހުމާއި ޕޭވްމަންޓު ހެދުމާއި ނެރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 53.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ