ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފިއެވެ.
މިއުވާން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުން މުޙައްމަދު މަބްރޫކް ޢަޒީޒު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެއޮފީހުން ބުނެފައިވަނީ އޭނާ އެ އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ. އަދި، އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
ކޯވިޑް-19ގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވުމަށް ފަހު ސްޕޯކްސްޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތް މަބްރޫކް އިސްތިއުފާ ހުށަހެޅުއްވީ އިއްޔެ އެވެ. އޭނާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ގަބޫލުކުރައްވައިފައެވެ.
Last but not least, I'd like to thank my team, friends, family and everyone I've had the pleasure of working with since HEOC.
Thankyou for your support, being there when ever I needed help. pic.twitter.com/Lg2MIiext7
— Mabrook (@mabrouq) August 24, 2022
މިއުވާންއަކީ މީޑިއާގައިވެސް މަސައްކަތް ކުރައްވާފައިވާ، އަދި މީޑިއާތަކައި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ