ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ބޭފުޅުންނަށް މަޢޫލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ބޭފުޅުންނަށް މަޢޫލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވަނީ

Author
މުޙައްމަދު ޖިމީ
24 އޮގަސްޓް 2022 11:29
0

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް ބާއްވަވާގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމަށްޓަކައި "ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު" ޖެއްސެވުމަށްފަހު 7960844 ނަންބަރު ފޯނަށް މެސެޖްކުރައްވާގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި މިއަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" https://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

n naaila
އެތައް އަހަރަކު މަސައްކަތް ކުރީމަ އެވޯޑެއް ދީފަ ނިންމާލަނީ.. އެފަދަ ފަރާތްތަކަށް ދެވޭނެ އެއްވެސް އިނާޔަތެއްނެތް. މިވަރަށް ދެރަކަމެއް