ޖޯކާ -2 ލޭޑީ ގާގާ ކުޅެދެނީ 10 މިލިއަނަށް

ޖޯކާ -2 ލޭޑީ ގާގާ ކުޅެދެނީ 10 މިލިއަނަށް

Author
ފާތިމަތު ނާވީ
15 އޮގަސްޓް 2022 06:47
0

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމް "ޖޯކާ"ގެ ކެރެކްޓާއަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައި "ޖޯކާ 2″ ކުޅުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ލޭޑީ ގާގާއަށް 10 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

މިހާރު ޝޫޓިންގ ވެސް ފަށާފައިވާ މި ފިލްމްގައި ލޭޑީ ގާގާ ކުޅެނީ  ހާލީ ކުއިންގެ ރޯލެވެ. މީގެ ކުރިން މީޑިއާއިން ބުނެފައިވާ ގޮތުގައި މި ފިލްމްގެ ލީޑުން ފެނިގެން ދާނީ ވާކީން ފީނިކްސްއެވެ.

 

View this post on Instagram

 

A post shared by Lady Gaga (@ladygaga)

ޖޯކާގެ ލީޑުން ފެނިގެންދިއަ އެކްޓަރު ވާކީން ފީނިކްސްއަށް އެފިލްމުން ލިބުނު 4.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޖޯކާގެ ދެވަނަ ބައި ކުޅުމަށް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ގާގާ ކުޅެދެނީ 10 މިލިއަން އެމެރިކާ ޑޮލަރަށެވެ. ގާގާގެ އިތުރުން ވާކީން އަށާއި ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އަށްވެސް 20 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެއް ލިބޭނެއެވެ.

 

View this post on Instagram

 

A post shared by Lady Gaga (@ladygaga)

2019 ވަނަ އަހަރު ރިލީޒްކުރި އޮރިޖިނަލް ފިލްމު "ޖޯކާ" ކުޅެގެން ވާކީން އަށް ލިބުނީ 4.5 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެކެވެ. "ޖޯކާ" އަކީ ބޮކްސް އޮފީހުގައި 107 ބިލިއަން އެމެރިކާ ޑޮލަރު ހޯދި ކާމިޔާބު ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.