މުޖުތަމައުގެ ސަލާމަތަށްޓަކައި، ނާޒިމް ސައްތާރު މިހާރުން މިހާރަށް ހައްޔަރުކުރަންޖެހޭ: މޮސްޓާ

މުޖުތަމައުގެ ސަލާމަތަށްޓަކައި، ނާޒިމް ސައްތާރު މިހާރުން މިހާރަށް ހައްޔަރުކުރަންޖެހޭ: މޮސްޓާ

މުޖުތަމައުގެ ސަލާމަތާއި ރައްކަތެރިކަމަށްޓަކައި، އެއްޖިއްސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު މިހާރުން މިހާރަށް ހައްޔަރު ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަރ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ ބަންދުން ދޫކޮށްލުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ މިއަދު މިއަދު ފުލުހުންނަށްވެސް މުހިމުވީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ވަކި މީހެއްގެ ކޮއްކޮއަކަށްވުމުން އެމީހެއްގެ ރައްކާތެރިކަން ކަމަށެވެ. ނަމަވެސް މިފަދަ މީހުން މުޖުތަމަށް ދޫކޮށްފައި ބޭތިއްބުމަކީ އޭގެ ސަބަބުން މުޖުތަމައަށް ނުހަނު ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަންތައްތަކެއްކަމަށް މޮސްޓަރ ވިދާޅުވިއެވެ. އޭނާ ވަނީ މުޖުތަމައުގެ އާންމު ރައްކާތެރިކަމަށްޓަކައި، ނާޒިމް ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

މިއަދު ފުލުހުންނަށް މުހިއްމު ނުވި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން މީ މުހައްމަދު ނަޝީދުގެ ކޮއްކޮ ވީމަތަ. ފިރިހެނުންނާއި ފިރިހެން ކުދިންގެ ރައްކާތެރިކަމަށް މިހާރުން މިހާރަށް މީނާ ހިފާ ހައްޔަރުކުރަން ޖެހޭނެ. ނޫނީ އެތަކެއް ފިރިހެން ކުދިންގެ މުސްތަގުބަލް ބަނަވެގެން ހިނގައިދާނެ.

– މޮސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ހައްޔަރުކުރީ މީގެ ދެހަފްތާ ކުރިން ވެލިގަނޑު ރިސޯޓުގައި ހުއްޓާއެވެ. އޭނާ ފުރަތަމަ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ހަތް ދުވަސް ޖެހިއެވެ. ބަންދުގެ އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް ޖެހިއެވެ.

ނާޒިމް ބަންދުން ދޫކޮށްލިނަމަވެސް އޭނާ ބަންދުން ދޫކޮށްލުމާއިމެދު ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *