މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު ދުރުކުރުމުގެ މަސައްކަތް ފަށައިފި

މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު ދުރުކުރުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
30 ޖުލައި 2022 07:17
0

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން، ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމުގެ މަސައްކަތް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ފަށައިފިކަމަށް މަޢުލޫމާތު ލިބިެއްޖެއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގައި ނަޝީދު ގެންދަނީ ރައީސް ޞާލިހާއި، އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް ބޮޑެތި ތުހުމަތުރައް ކުރަމުންނެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރަކު މަޢުލޫމާތު ދެއްވިގޮތުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަޤާމުން ދުރުކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ އެފަދަ މަޤާމެއްގައި ހުންނަވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހަޖޫޖަހާއި އިސްލާމްދީނަށް ފުރައްސާރަކުރާތީއެވެ.

މެންބަރުން މައުލޫމާތު ދިންގޮތުގައި ރައީސް ނަޝިދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮށް ނާޒިމް ހައްޔަރު ކުރުމާއެކު، ނަޝީދު ޓްވީޓެއް ވެސް ކުރެއްވިއެވެ. އަދި ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް ވެސް ނަޝީދު ވިދާލުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުޙައްމަދުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުއްވާފައެވެ. އެގޮތުން އޭގެ ފޮޓޯ ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތޮއިލާ
Mienage dhivehi rahyithukan athulumahfahu mi gaumun beyru kohdhinun Soley ge kibain edhen
3