އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމުގެ ކުށުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކޮށްގައިވަނީ، ޖިނާއީ އިޖުރާތުގެ ގާނޫނައި ޚިލާފަށް، ހައްދު ފަހަނައެޅި މީހުން ރުއްސުމަށް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ފުލުހުން މިހާރު ހިންގަމުންދާ ޚާއްސަ އޮޕރޭޝަންގައި، އެއް ޖިންސުން ގުޅުން ހިންގާފައިވާކަމަގެ ތުހުމުމަތުގައި ފުލުހުން ނާޒިމް ސައްތާރު ހައްޔަރު ކުރުމާއެކު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ނަޝީދު ވިދާޅުވެފައިވަނީ އޭނާގެ ކޮއްކޮ ހައްޔަރު ކޮށްފައިވަނީ ސިޔާސީ ގޮތުން ކަމަށާއި، ހައްޔު ކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމުގައެވެ.
އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ފުލުހުން މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަންގައި ނާޒިމް ސައްތާރު މިރޭ ހައްޔަރު ކޮށްފައިވަނީ ރިސޯޓެއްގައި ހުއްޓައެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި އޮޕަރޭޝަންގައި މިހާރު 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރު ކުރެވިފައިވާ ކަމުގައެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، މިމައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށްފައެވެ. ފުލުހުގެ ބަރާތުން ވިދާޅުވެފައިވަނީ މިޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި، އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމުގައެވެ.
މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންދަނީ ކުރަމުންދާ ކަމުގައިވެސް މިބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ދެދިވެހިންގެ ތެރެއިން އެކަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ނަޝީދެވެ. އަނެއް ދިވެހި މީހާއަކީ ކާކުކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ