ޖެނިފާ ލޮޕޭޒް ކައިވެނި ކޮށްފި

ޖެނިފާ ލޮޕޭޒް ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
18 ޖުލައި 2022 05:23
0

އެމެރިކާގެ މަޝްހޫރު ލަވަ ކިއުންތެރިއާ އެކްޓްރެސް ޖެނިފާ ލޮޕޭޒް އޭނާގެ ލޯބިވެރިޔާ ފިލްމު އުފެއްދުން ތެރިޔާ އަދި އެކްޓަރު ބެން އެފްލެކްސްއާ ކައިވެނި ކޮށްފިއެވެ.

އޮން އޮފް ރިލޭޝަން ޝިޕެއްގައި ދެމީހުން އުޅޭތާ ދުވަސް ގަނޑެއް ވެއްޖެއެވެ. އެމީހުން ކައިވެނި ކުރީ އެންމެ ފަހުން އެންގޭޖްވިތާ ތިންވަރަކަށް މަސް ފަހުންނެވެ.

ލަސް ވޭގަސް ގައި ވަރަށް ޕްރައިވެޓްކޮށް ކުރިއަށް ގެންދިޔަ މި ކައިވެނި ހަފްލާގައި ހުރިހާ ކަމެއްވެސް ދިޔައީ އެންމެ ބޭނުންވި ގޮތަށް ކަމަށް ޖެނިފާ ބުނެފައި ވެއެވެ.

52 އަހަރުގެ ޖެނިފާ ވަނީ މީގެ ކުރިން ކައިވެނި ތަކެއް ކޮށްފައެވެ. އޭނާ އަށް ވަނީ ދެކުދިން ވެސް ލިބިފައެވެ. މީގެ އިތުރުން ބެން ވެސް މީގެ ކުރިން ކައިވެނި ކޮށްފައި ވެއެވެ. އަދި އޭނާގެ 3 ދަރިން ތިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.