ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރާނެ ފަރާތެއް ހޯދަނީ

ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރާނެ ފަރާތެއް ހޯދަނީ

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2020 06:10
0

ހއ.ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 864،414 (އައްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރު ސަތޭކަ ސާދަ) އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ހުޅުވާލާފައިވާއިރު، ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޓުރިޒަމް މިނިސްޓްރީގެވަނީ ހުޅުވާލާފައެވެ. އަދި އެމިނިސްޓްރީއަށް ޙާޒިރުވެ މިމަހުގެ 17 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް ބީލަން ހުށައެޅުން އޮތީ ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ބީލަމުގައި ރާއްޖެއާއި، ރާއްޖެއިން ބޭރު އިންވެސްޓަރުންނަށްވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެމިނިސްޓްރީން ބުނީ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.