"އިސްލާމިކް މިނިސްޓްރީންވެސް ހަދަނީ ދޮގު، މިސަރުކާރުގެ ކިބައިން މިންޖުވާންޖެހޭ"

"އިސްލާމިކް މިނިސްޓްރީންވެސް ހަދަނީ ދޮގު، މިސަރުކާރުގެ ކިބައިން މިންޖުވާންޖެހޭ"

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 09:07
0

މިހާރު އޮތީ ލާދީނީ ސަރުކާރެއް ކަމަށާއި، މިސަރުކާރުގެ ކިބައިން މިންޖުވާންޖެހޭ ކަމުގައި ޖަމްއިއްޔަތުއް ސަލަފުގެ އިސްމެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވުމަަށް މަސައްކަތްކުރި ޔޯގާ ހަރަކާތް ހުއްޓުވުމަށާއި، ރާއްޖޭގައި ހިންގަ ޔޯގާ އެކި ހަރަކާތްތައް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ފިލުހުންނަށް ފޮނުވި ސިޓީ ހަމަ އެމިނިސްޓްރީން މިއަދު ދޮގު ކުރުމާއި ގުޅިގެން ކުރި ޓުވީޓުގައެވެ.

އަލީ ރަމީޒު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރައްވާފައިވާ އިސްލާމިކް މިނިސްޓްރީ މިފަދަ ބޮޑެތި ދޮގާއި އޮޅުވާލުންތައް އޮޅުވާލާއިރު، ދައުލަތުގެ އެހެން ވުޒާރާތަކުން ހަދާނެ ދޮގާއި، މަކަރުވެރިކަމާއިމެދު ވިސްނާލުން ބުއްދިވެރިކަމަށެވެ. މިފަދަ ކަންކަން ތަކުރާރުވަމުންދާ ދިއުމަކީ މިހާރު އޮތް ސަރުކާރުގެ ކިބައިން މިންޖުވާންޖެހޭ ކަމެއްކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

މިސަރުކާރުގެ އިސްލާމިކް މިނިސްޓްރީއިން ބުހުތާނު ދޮގު ބަޔާން ނެރޭއިރު، ސަރުކާރުގެ އެހެން މިނިސްޓްރީ ތަކާއި، އެހެނިހެން މުއައްސަސާތައް ހުންނާނެ ލެވެލް ވިސްނާލައްވާ. މި ލާދީނީ ސަރުކާރުގެ ކިބައިން މިންޖުވާން ޖެހޭ.

– އަލީ ރަމީޒު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީޏް ނެރުނު ބަޔާނުގައި ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ. އަދި އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރަފައިވަނީ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރަމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ޚިލާފުގޮތަށްކަމަށް ބަޔާނުގައިވެއެވެ. މީގެއިތުރުން ޔޯގާގެ ޝަރުޢީ ޙުކުމާއިމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށްފަހު އާއްމުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޔޯގާ ހަމަ ނުޖެހުމާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މިކަން ހިނގައިދިޔައީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށާ، ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް ވަނީ އެއްބަސް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހްމަދް
‎މުސްލިމުވެރިޔާ އަށް އަޑުހާ ކިޔަމަން ވުމުގެ ބާބުގައި މީސްތަކުންގެ މައްޗަށް ހަވާނަފްސު ގަދަވެގެންވާ މިންވަރު އެނގިގެންދަނީ، މުސްލިމުވެރިޔާ އަށް އަޑުހާ ކިޔަމަން ވުމުގެ ބާބުގެ ވާހަކަ ބަޔާންކުރެވޭ ހިސާބުންނެވެ. ‎އެބައިމީހުނަށް ނަމާދާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ބަޔާންކޮށްދިނުމުން ހިތުން ޤަބޫލުކޮށް އަވަސްވެ ކުރިމަތިލަ އެވެ. އަދި ރޯދައާ ބެހޭގޮތުން ބަޔާންވެގެންވާ ޙަދީޘްތައް ހިތުން ޤަބޫލުކުރުމަށް އެމީހުން އަވަސްވެ ކުރިމަތިލަ އެވެ. ޢެހެނަސް މުސްލިމް ވެރިންނާ މެދުގައި މުޢާމަލާތް ކުރަންޖެހޭ ގޮތް ވާރިދު ވެގެންވާ ޞައްޙަ ޙަދީޘްތައް ބަޔާންކޮށްދެވުމުން އޭނާ ފުރަގަސްދީ ދެކޮޅުހަދަ އެވެ. މިކަމުގެ ސަބަބަކީ، އެބައިމީހުންގެ މައްޗަށް ހަވާނަފްސު ގަދަވެގެންވުމެވެ. ފަހެ، އެހެން ނޫނީ މުސްލިމަކަށް ރަސޫލާގެ ޙަދީޘްތައް ބަޔާންކޮށްދެވުމުން އޭނާ ދެކޮޅުހަދައި ފުރަގަސްދިނުން އެކަށީގެންވަނީ ކިހިނަކުން ތޯއެވެ؟ ‎ނަމާދަށް އަމުރުފުޅު ކުރެއްވީވެސް ނަބިއްޔާ އެވެ. ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވީ ވެސްނަބިއްޔާ އެވެ. މުސްލިމް ވެރިންނަށް އަޑުއަހައި ކިޔަމަންގަތުމަށް އަމުރުފުޅު ކުރެއްވީވެސް ހަމަ އެނަބިއްޔާ އެވެ. ވެރިޔާއާ މެދު މުޢާމަލާތް ކުރަންޖެހޭގޮތް ބަޔާންވެގެންވާ ޙަދީޘްތައް މީހަކު ކިޔަންފެށުމުން، ބައެއް މީސްތަކުން ނަފްރަތުވެ ފުރަގަސްދެ އެވެ. އެޙަދީޘްތައް ކިޔަން ފެށުމުން ރުޅިއާދެ އެވެ. އެކަމަށް ނަފްރަތު ކުރެ އެވެ. އެ ހަދީޘްތައް އަޑުއަހަން އޭނާއަށް ކުޅަދާނައެއް ނުވެއެވެ އެވެ. ސަބަބަކީ އެބައިމީހުންގެ މައްޗަށް ހަވާނަފްސު ގަދަވެފައި ވުމެވެ. މުސްލިމް އަޅާއަށް އޮތީ މުސްލިމް ވެރިންގެމައްޗަށް އިންކާރު ކުރުމުގެ މައްޗަށް ވާރިދުވެގެންވާ ޙަދީޘްތައް ކިޔުމެވެ. އެއީ، ސުންނަތުގައި ވެރިންނާ މެދު މުޢާމަލާތް ކުރުމުގެ މައްޗަށް ވާރިދުވެގެންވާ ޙަދީޘްތަކެވެ. ވަރަށްވެސް ފުރިހަމައަށް އެ ޙަދީޘްތައް ކިޔުމެވެ. އަދި މި ޙަދީޘްގެ މަތީގައި (ދަލީލު ކުރެވިގެންވާ ގޮތުގެ މަތީގައި) ޢަމަލުތައް ބެހެއްޓުމެވެ. ޢަމަލުތައް ސުންނަތުގެ މަތީގައި ބެހެއްޓުމެވެ. އޭނާގެ ހަވާނަފްސު އެދޭ ގޮތަކަށް ނޫނެވެ.
ބ ބަނާނާ
މިސަރުކާރުން މިންޖުވާން އޮތީ އެފަދަ ލީޑަރެއްގެ އަތުގައި ހިފައިގެން.މިހާރު ފެންނަން ތިއްބެވި ލީޑަރުންގެ ތެރޭގައި ހުރީ ހަމަ އެކަނި ޢުމަރު ނަސީރު.
ދ ދީންވިއްކާ
ރަމީޒޫ ޔާމިނު ކިހާވަރެއް ދިނީ މިފަހަރުތި އަނގަފެޅީ... މިނިސްޓްރީއިން ހަދަނީ ދޮގުތޯ ނޫނީ ތެދުތޯ ރަމީޒު ކިހިނެއްބާ މި ކަށަވަރު ކުރީ... ގޯސްކޮއް މުޖްތަމައުގަ ކަންކަންހިނގީމަ ސަރުކާރުން އަޅާނުލާނަމަ އިސްތިއުފާއައްގޮވާ... ރަމީޒުމެންގެ ތި އަނގަ ކީއްވެގެންތޯ ޔާމިނު ވެރިކަމުގަ ނުފަޅަނީ.. ޔާމިނު ކަލޭމެން ކަހަލަ މީހުންނައް ލާރިދީގެން އަނގައިގަ ޓޭޕު އަޅުވާފަ ބޭތިއްބިހެން މިސަރުކާރަކުން ނޫޅެ ކަލޭމެން ގަނެފަ ބައިތިއްބާކައް.. ސީރިއާއައް ފޮނުވާ ކޮންމެ ބޮލަކައް މީނައައް ލިބެމުންދިޔަ 2500 ޑޮލަރު ނުލިބި އެކަން ނުކުރެވޭތީ ރުޅި އާދެވޭނެ....
M Mulla
Ekkala theyobidi sheykhu Kaleah koacheh engigen thi feli aruvanee Kaleaa salaf ge verin yamin ah said ha jahaa
ލ ލަބީޤް މުޙައްމަދު މާހިދު
ސަލަފުގެ ކިބައިން ދިވެހިރައްޔިތުންވެސް މިންޖުވާންޖެހޭ.
ޑ ޑޯ ސސދ×ķޮ9
މިރާއްޖޭގެ މުސްތަގުބަލަށް އަންނަން އޮތް ޖީލުގެ އުފާފާގަތިކަމަށް ހަމަޖެހުމަށް ސުލްހަވެރިކަމަށް އަލީ ރަމީޒު ކަައިިރިން މިއްޖުވާންޖެހެއެވެ.
ފ ފޒ
ތިޔަކަހަލަ ލާދީނީ ބަލާވެރިކަމުން މިގައުމުގެ ކުރިމު ކޮށާސާފުކުރަންޖެހޭ އަލީރަމީޒުގެ ފަރާތުންތަ ލޫތުގެފާނުންގެ ގައުމުގެ އަމަލުތަށް މިފެންނަނީ ތިޔަކަހަލަ ލާދީނީ މުޑުދާރުންގެ ކިބައިން ފެންނަ ނަހީގެވަހަކައެށް މީހަކު ބުނެފިނަމަ ތިޔައާލާތުން އެމީހަކަށް ތިޔަޖޯކުޖަހާ މަލާމަތް ކޮއް ތިޔައުޅެނީ ހަމަތިޔަ އާލާތުންގެ ޖާހިލުކަމުން ތިޔައީ ހަމަލާދީނީ ޖާހިލުން