މެޑޯނާގެ ބަޔޮޕިކްގައި އޭނާގެ ރޯލު ކުޅެނީ ޖޫލިއާ ގާނާ!

މެޑޯނާގެ ބަޔޮޕިކްގައި އޭނާގެ ރޯލު ކުޅެނީ ޖޫލިއާ ގާނާ!

Author
ފާތިމަތު ނާވީ
19 ޖޫން 2022 05:05
0

އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިއުން ތެރިއާ މެޑޯނާގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި އޭނާގެ ރޯލުން ފެނިގެން ދާނީ ޖޫލިއާ ގާނާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އަދި ވަކި ނަމެއް ދީފައިނުވާ މި ބަޔޮޕިކް ޑައިރެކްޓް ކުރަނީ ވެސް މެޑޮނާއެވެ. ޔުނިވާސަލް ޕިކްޗާސް އިން އުފައްދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ މެޑޯނާ އާއި ޑިއަބްލޯ ކޯޑީ ގުޅިގެންނެވެ.

މި ފިލްމަށް ތަރިއަކު ހޯދުމަށް މެޑޮނާ ވަރަށް މަސައްކަތް ކުރިއެވެ. ތަރިއަކު ހޯދުމަށް އޭނާ ވަނީ ކޮރެއޮގްރަފީ ސެޝަންތަކާއި އަދި ލަވަކިޔުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ޖޫލިއާއަށް މި ރޯލު ހުށައެޅުމުގެ ކުރިން، ފްލޮރެންސް ޕިއޫ، އޮޑެއްސާ ޔަންގް އަދި "ޔޫފޯރިއާ" ގެތަރި އެލެކްސާ ޑެމީއާވެސް މި ރޯލު ކުޅުމަށް ވާހަކަ ދެކެވުނެވެ.

ޖޫލިއާ ގާނާ

މި ފިލްމުގައި މެޑޯނާގެ ޒާތީ ދިރިއުޅުމާއި މިއުޒިކް ކެރިއަރުގެ ވާހަކަތައް ކިޔައިދޭނެއެވެ. އަދި ހަޔާތުގެ ގިނަ ވާހަކަތަކެއް މި ފިލްމުގެ ޒަރިއްޔާއިން އެނގިގެން ދާނެއެވެ.

ޖޫލިއާ ގާނާގެ މަޝްހޫރު އެއް މަސައްކަތަކީ ނެޓްފްލިކްސް ކްރައިމް ޑްރާމާ "އޯޒާކް" އެވެ. މީގައި ޖޫލިއާ ދެއްކި ހުނަރަށް ދެ ގްރެމީ އެވޯޑުވެސް ވަނީ ލިބަފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.